Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަބްދުﷲ ޖާބިރު

މެންބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ޖާބިރު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުމުން ކަމާބެހޭ އިދާރާތަކުން ވަނީ އެކަން ހުއްޓުވާފައެވެ.

މެންބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮންނަތާ ހަފުތާއެއްހާ ދުވަސްވެފައިވާކަމަށް މައުލޫމާތުލިބެއެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވަނީ ކޯޓު އަމުރެއްގެ ދަށުން ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ރާއްޖޭގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

އެގޮތުން އޭނާ ވިދާޅުވެފައިވަނީ މެންބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށައި މިދިޔަ ހަފުތާގައި ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވިއިރުވެސް ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ފުރާވަޑައިނުގެންނެވުންކަމަށެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު މިއަދު މެންދުރެއްހާއިރު، މެންބަރު ޖާބިރު ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި އިހުތިޖާޖުކުރައްވާފައެވެ.

ޖާބިރު އިހްތިޖާޖު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.
ޖާބިރު އިހްތިޖާޖު ކުރައްވަމުން ދިޔަ ވަގުތު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން ދިޔާނާ ވަނީ ފަހުން އެސަރަހައްދު ދޫކުރައްވާފައެވެ.
ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވިއިރު އެއްވެސް މީހަކު ޖާބިރަށް ހުރަސް އަޅާފައެއް ނުވެއެވެ. ނަމަވެސް އިރުކޮޅަކު އިހްތިޖާޖު ކުރުމަށްފަހު ޖާބިރުވަނީ އެތަން ދޫކުރައްވާ ވަޑައިގެންފައެވެ.
މި ލިއުމާއި ގުޅޭ