Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެލަރޫސް

އޮލިމްޕިކްސްގައި ބެލަރޫސް ފަރާތުން ބައިވެރިވި އެތުލީޓެއް ޕޮލޭންޑުގެ އެމްބަސީން ހިމާޔަތަށް އެދިއްޖެ

ޓޯކްޔޯގައި ކުރިއަށްދާ އޮލިމްޕިކްސްގައި ބެލަރޫސް ތަމްސީލުކުރި ދުވުންތެރިއެއް އޭނާގެ ޓީމުގެ ކޯޗުންނަށް ފާޑުކިޔުމުން އަނބުރާ ޤައުމަށް ގެންދަން އެއާޕޯޓަށް ގެނައީ ގަދަކަމުން ކަމަށް ބުނެ ޖަޕާނުގައި ހުންނަ ޕޮލޭންޑުގެ އެމްބަސީން ރައްކާތެރިކަމާއި ހިޔާވަހިކަމަށް އެދިއްޖެއެވެ.

ކުރިން ދުވަސްހަކުވެސް އޭނާ ދުވެފައިނުވާ ކެޓަގަރީއެއްގައި ދުވަން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ މީސްމީޑިޔާގައި ޝަކުވާކޮށްފައިވާ ބެލަރޫސްގެ ދުވުންތެރިޔާ ކްރިސްޓީނާ ސިމަނުސްކަޔާ އިންސާނިއްޔަތަށްޓަކައި ދޫކުރާ ވިސާއަކަށް އެދުމުން އެފަދަ ވިސާއެއް އޭނާއަށް ދޫކޮށްފައިވާނެ ކަމަށް ޕޮލޭންޑުގެ އޮފިޝަލުންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ޕޮލޭންޑުގެ ޚާރިޖީވުޒާރާގެ ނައިބު މާޗިން ޕްރިޒިޑަޗް ފައިނޭންޝަލް ޓައިމްސް ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކްރިސްޓިނާ ޕޮލޭންޑަށް އަންނަން ބޭނުންވާކަން ހާމަކޮށްފައިވުމާއެކު ޕޮލޭންޑަށް އައުމަށް އޭނާއަށް އެ ޤައުމުން ދައުވަތު ދީފައިވާ ކަމަށެވެ.

އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުގައި ހޯމަދުވަހު ބައިވެރިވާން ހަމަޖެހިފައިވާ ކްރިސްޓިނާ ވަނީ ޓޯކިޔޯގައި ހުންނަ ހަނެޑާ އެއާޕޯޓުގެ ހޮޓަލެއްގައި މަޑުކޮށް ޖަޕާނުގެ އިދާރާތައް ކިބައިން އޭނާއަށް މަދުވެރިވާން އެދިފައެވެ.

ފާއިތުވި އަހަރު ބެލަރޫސްގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން އަމިއްލަ ފުޅަށް އިއުލާނުކުރެއްވުމާ ގުޅިގެން އެ ޤައުމުގެ ޚުދުމުޚުތާރު ރައީސް އެލެގްޒެންޑާ ލުކެޝަންކޯއަށް ދުނިޔޭގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައިވެއެވެ. އަދި ބެލަރޫސްގެ އިދިކޮޅޫ ފަރާތްތަކުންވަނީ މަގުތައް މައްޗަށް ނުކުމެ ނުރުހުމުގައި އިހުތިޖާޖުކޮށްފައެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީންވަނީ ބެލަރޫސްގެ ބައެއް އޮފިޝަލުންނާއި ލުކަޝަންކޯއަށް އެ ޤައުމު ތަމްސީލުކުރާ އެތުލީޓުންނާއެކު ޓޯކިޔޯއަށް އައުން މަނާކޮށްފައެވެ. އެ ފިޔަވަޅު އަޅާފައިވަނީ ކުޅުންތެރިން ސަރުކާރަށް ސިޔާސީ ތަފާތުކުރުންތައް ގެންގުޅުމާއި ނުހައްގުން ޖަލަށްލާ ކަމަށް ތުހުމަތުކުރުމާ ގުޅިގެންނެވެ.

މި ލިއުމާއި ގުޅޭ