Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާއިން ޓައިޝަން ނިއުކުލިއާ ރިއެކްޓަރު ބަންދުކުރަން ނިންމައިފި

ޗައިނާގެ ދެކުނުގައި ހުންނަ ޓައިޝަން ނިއުކުލިއާ ރިއެކްޓަރު ބަންދުކުރަން އެ ޤައުމުން ނިންމައިފިއެވެ. އެ ރިއެކްޓަރު ބަންދުކުރަނީ މަރާމާތުކުރުމަށްޓަކައި ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ. އެ ރިއެކްޓަރު ބަންދުކުރީ ހަކަތަ އުފައްދާ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލައެއް ތަހުގީގުކުރުމަށްފަހުގައި ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޓައިޝަން ޕަވާ ސްޓޭޝަނުން ބައެއް ތަކެތި ލީކުވާކަމަށް ފާއިތުވި މަހުގައި ރިޕޯޓުކުރުމުން ޗައިނާ އޮފިޝަލުން ވިދާޅުވެފައިވަނީ އެ ތަނުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އެހެންނަމަވެސް އެތަން ހިންގާ ޗައިނާ ޖެނެރަލް ނިއުކުލިއާ ޕަވާ ކޯޕަރޭޝަން (ސީޖީއެން)އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރިއެކްޓަރު ބަންދުކޮށް ރިއެކްޓަރުގައި ގެއްލުން ލިބިފައިވާ ފިއުލް ރޮޑް ހޯދައި އައުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ސީޖީއެންއިން ބުނީ ލިބިފައިވާ ގެއްލުމަކީ ކުޑަ ގެއްލުމެއް ކަމުގައިވާތީ ރިއެކްޓަރު ބަންދުނުކޮށް ޚިދުމަތް ދެމުން ގެންދެވުނީސް ކަމަށެވެ. ނަމަވެސް ބަންދުކުރަން ނިންމާފައިވަނީ ޗައިނާގެ ޓެކްނީޝަނުންނާއި ފަރަންސޭސި ޓެކްނީޝަނުގެ މެދުގައި މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓައިޝާން ރިއެކްޓަރަކީ ޖަރުމަނާއި ފަރަންސޭސިވިލާތުން އުފައްދާފައިވާ ޓެކްނޮލޮޖީއެއް ކަމުގައިވާ ޔޫރަޕިއަން ޕްރެޝަރައިޒްޑް ރިއެކްޓާ ޓެކްނޮލޮޖީ ބޭނުންކުރަން ފެށި ފުރަތަމަ ރިއެކްޓަރެވެ. މި ޓެކްނޮލޮޖީގެ ބޭނުމަކީ ހަކަތަ އުފެއްދުން އިތުރަށް ކުރިއެރުވުމާއެކު ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމެވެ.

މި ލިއުމާއި ގުޅޭ