Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ ޗައިނާ ގުޅުން

އެމެރިކާގެ ކުރީގެ ކޮމާސް ސެކްރެޓަރީއާއި އިތުރު 6 މީހަކާމެދު ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެމެރިކާގެ ކުރީގެ ކޮމާސް ސެކްރެޓަރެޓަރީ ވިލްބާ ރޮސްގެ އިތުރަށް އެމެރިކާގެ އިންސާނީ ޙައްޤުތަކާ ބަހޭ މުއައްސަސާތަކާ ގުޅުން އޮތް 6 މީހަކާމެދު ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާއިންވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެންނެވެ.

ޗައިނާގެ ޚާރިޖީވުޒާރާއިން ބުނެފައިވަނީ ޓުރަމްޕުގެ ވެރިކަމުގައި ކޮމާސް ސެކްރެޓަރީކަން ކުރެއްވި ރޮަސްގެ އިތުރަށް، އެމެރިކާގެ ޗައިނާ އިކޮނޮމިކް އެންޑް ސެކިއުރިޓީ ރިވީއު ކޮމިޝަނުގެ ޗެއާ ކެރޮލީން ބާތޮލޮމިއުއާއި ހިއުމަން ރައިޓްސް ވޮޗްގެ ޗައިނާ ޑިރެކްޓަރު ސޯފީ ރިޗާޑްސަންއާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރަށް ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓޫޓްއާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓޫޓްއާއި އެމެރިކާގައި މަރުކަޒުވެފައި ހުންނަ ހޮންކޮންގު ޑިމޮކްރެޓިކް ކައުންސިލާމެދުވެސް ދަތިކުރުމުގެ ފިޔަވަޅުއަޅަން ޗައިނާއިން ނިންމާފައިވެއެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ ނަތީޖާއަކީ އެ ފިޔަވަޅުތަކުން ކުރާނެ އަސަރެއް ޗައިނާއިން ހާމަނުކުރެއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ނައިބު ވެންޑީ ޝާމަން ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ދުވަހުގެ ދެ ދުވަސް ކުރިންނެވެ. މި ދަތުރުފުޅަކީ ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެ ޤައުމުގެ މެދުގައި ބާއްވާ އެންމެ މަތީ ފަންތީގެ ދެވަނަ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގައި އހީތެރިވާ ފަރުދުންނާއި ގުރޫޕުތަކަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުއެޅުން ހުއްދަކުރާ އައު ޤާނޫނެއްގެ ދަށުން އަޅާ ފުރަތަމަ ފިޔަވަޅުތަކެވެ.

މި ލިއުމާއި ގުޅޭ