Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމްދީން

ބިދޭސީ އަންހެނަކު ހުކުރު މިސްކިތުގައި ޣައިރު ދީނުގެ އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް

މާލެ ހުކުރު މިސްކިތަށް އަރައި ބިދޭސީ އަންހެނަކު ޣައިރު ދީނުގެ ހަރަކާތްތަކެއް ހިންގަނިކޮށް ވީޑިޔޯކޮށް މީސްމީޑިޔާގައި އާންމުކޮށްފިއެވެ.

ހުކުރު މިސްކިތަށް އަރައި ޣައިރު ދީނުގެ އަމަލުތަކެއް ހިންގި އަންހެންމީހާ ލައިގެން ހުރީ އާންމިކޮށް އިންޑިޔާ މީހުން ލާ ދޯޕައްޓާ ހެދުމެކެވެ. އާންމުވެފައިވާ ވީޑިޔޯއިން ފެންނަނީ ހުކުރު މިސްކިތަށް ވަދެ އަންހެންމީހާ އަޅުކަމުގެ ބައެއް ހަރަކާތްތައް ކުރާ ތަނެވެ. ފެންނަ ފެނުމަށް އެއީ ހިންދޫ ދީނުގެ އަޅުކަމެކެވެ.

ވީޑިޔޯއިން ފެންނަ އަންހެން މީހާގެ ހަރަކާތްތަކަށް ބަލާއިރު އެއީ ހިންދޫން އެ މީހުންގެ އަޅުކަމުގެ ބައެއް ކަމުގައި ޤަބޫލުކުރާ ޔޯގާގެ ހަރަކާތެއް ކަމުގައި ބެލެވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު އެފަދަ އަމަލެއް ހިންގި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހުކުރު މިސްކިތަށް ދިއުމުން އެފަދަ ކަމެއް ފާހަގަނުވި ކަމަށެވެ.

މިކަމާ ގުޅިގެން ނޮޅިވަރަމްދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ކުރެއްވި ޓުވީޓެއްގައި އޭނާވަނީ ރައްޔިތުން ނިކުމެ މިކަން ހުއްޓުވަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މިކަން ނުހުއްޓުވިއްޖެނަމަ މިސްކިތްތަކުގެ ބަދަލުގައި ފައްޅިތައް ފެނިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޣައިރު ދީންތަކުގެ އަމަލުތައް ހިންގުމާއި މިސްކިތްތަކުގެ ހުރުމަތްކެނޑުމާއި ދީނަށް ފުރައްސާރަކުރުން މިއިން ޒަމާނެއްގައި ނުފެތުރޭ މިންވަރަށް ފެތުރި އާންމުވެފައިވާއިރު އެކަންކަމުގައި ފުލުހުން ފިޔަވަޅުނާޅާކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ