Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑެންމާކް

ރަސޫލާއަށް ފުރައްސާރަކޮށް، ކާޓޫން ކުރެހި ވެސްޓަގާޑް މަރުވެއްޖެ

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމް އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި ޑެންމާކްގެ ކާޓޫނިސްޓް، ކާޓް ވެސްޓަގާޑް މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މަރުވިއިރު އޭނާގެ އުމުރަކީ 86 އަހަރެވެ.

މައުލޫމާތު ލިބޭގޮތުގައި މުޅި މުސްލިމް އުންމަތުގެ ރުޅިވެރިކަމާއި ނަފްރަތު އަމާޒުވި ވެސްޓަގާޑް މަރުވެފައި ވަނީ ވަރަށް ގިނަ ދުވަސް ބަލިވެ އުޅުމަފަހުއެވެ.

ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި ހިސާބުން ދުނިޔޭގެ ސަމާލުކަމަށް ވެސްޓަގާޑް އައިސްފައިވާއިރު އެކަމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އިސްލާމީ ދައުލަތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެގޮތުން ވެސްޓަގާޑް ކުރެހި ކާޓޫންތަކުގެ ސަބަބުން، އިސްލާމީ ގިނަ ގައުމުތަކެއްގައި ވަރުގަދަ މުޒާހަރާތަކެއްވެސްކޮށްފައިވެއެވެ.

މީގެ އިތުރުން އެ އަމަލުގެ ސަބަބުން ވެސްޓަގާޑް މަރާލާނެ ކަމުގެ އެތައް އިންޒާރެއްވެސް އޭނާއަށް ވަނީ ކުރިމަތިވެފައެވެ.

އެގޮތުން އޭނާގެ ހަޔާތުގެ ފަހުގެ ދުވަސްތައް ހޭދަ ކުރީ ހަށި ފާރަވެރިއަކާ އެކުއެވެ. އަދި އޭނާ އުޅުނު ތަނެއް ވެސް އެނގެނީ އާއިލާގެ މަދު ބަޔަކަށް ކަމަށްވެއެވެ.

2010 ވަނަ އަހަރުގެ ކުރީކޮޅު ވެސްޓް ގާޑް ދިރުއުޅޭ ގެ ކައިރިން 28 އަހަރުގެ ޒުވާނަކު ވަޅިއެއް ހިފައިގެން ވެސްޓަގާޑް މަރާލަން ގޮސް އުޅުމުގެތެރޭގައި ޕޮލިހުން ހައްޔަރުވެސް ކޮށްފައިވެއެވެ. އޭގެ ކުރިން ޑެންމާކްގެ އިންޓަލިޖެންސް ސާވިސް އިން ވަނީ ވެސްޓަގާޑަށް ހަމަލާ ދޭން ރޭވި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުވެސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ