Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

މާލެ ހުޅުމާލެ ކަރަންޓު ގުރިޑު ގުޅުވައިލުމާއެކު ރައީސް ޔާމީނުގެ ދުރުވިސްނުންފުޅަށް ތާރީފު

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ފެއްޓެވި މާލެ ހުޅުމާލެ ކަރަންޓު ގުރިޑު ގުޅުވައިލުމުގެ ބިޔަ މަޝްރޫޢު ނިންމައި މާލެ ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވައިލުމާއެކު، އިދިކޮޅުގެ ގިނަ ލީޑަރުން ރައީސް ޔާމީނުގެ ދުރުވިސްނުންފުޅަށް ތާރީފުކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ކޮޅުމަޑުލު ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެއާއި މާލެ ސަރަހައްދާއި މުޅި ރާއްޖެއަށް ރައީސް ޔާމީން ރާއްވަވާފައިވަނީ ވަށާޖެހޭ ތަރައްޤީގެ މަޝްރޫޢުތަކެއް ކަމަށެވެ.

އަދި ރައީސް ޔާމީން ރޭއްވެވި މަޝްރޫޢުތަކަކީ އެއިން ރައްޔިތުންނަށް ފައިދާކުރާ ދައުލަތުގެ ރައުސުލްމާލު އިތުރުވެ ދިވެހި ޤައުމު ފުރިހަމަ މިނިވަންކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އަމާޒުހިފޭ މަޝްރޫޢުތައް ކަމަށެވެ. ދެންވެސް ޤައުމު ސަލާމަތް ކުރެއްވީ ރައީސް ޔާމީނަށް ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.

މި މަޝްރޫޢު ނިންމައިލުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީނުގެ ވެރިކަމުގައި އެންވިރަމެންޓު މިނިސްޓަރުކަން ކުރެއްވި ޠާރިޤު އިބްރާހީމް (ތޯބެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ޒަޢާމަތުގައި ފަރުމާކޮށް ފައިސާ ހަމަޖައްސައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު ނިންމުން މި ވެރިކަމުގައި ލަސްވި ނަމަވެސް މަސައްކަތް ނިމޭތީ އުފާކުރައްވާ ކަމަށެވެ.

ޠާރިޤުވެސް އިތުރަށް ފާހަގަކުރެއްވީ ރައީސް ޔާމީން ފެއްޓެވި މިފަދަ ކޮންމެ ކަމަކުން ޤައުމާއި ރައްޔިތުންނަށް ލިބޭނެ ފައިދާއަކީ ވަރަށް ބޮޑު މަންފާއެއް ކަމަށެވެ.

މި މަޝްރޫޢާ ގުޅިގެން ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅުގެ ތެރެއިން އެ މަޝްރޫޢު ފަދަ އެތައް ކަމެއް 5 އަހަރުގެ ކުރު ޒަޢާމަތުގައި ހާސިލުކޮށްފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

އަދި މި މަޝްރޫޢު ނިންމައި އިފުތިތާހުކުރަން 2 އަހަރު ނެގުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ލަސްކަން ޔަޤީންކޮށްދޭ ކަމެއް ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. އޭނާވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ވެރިކަމުގައި މި މަޝްރޫޢު ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. އެ މަޝްރޫޢަކީ ޖުމްލަ 104 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 50 މެގަވޯޓުގެ އިންޖީނުގެއެއް އަޅާފައިވެއެވެ. އަދި މި މަޝްރޫޢު ހިންގުން ހަވާލުކުރީ ޗައިނާ ކުންފުންޏަކާއެވެ.

މި މަޝްރޫޢަކީ ރައީސް ޔާމީނުގެ ވެރިކަމުގައި މާލެއާއި ހުޅުމާލެ ބުރިޖަކުން ގުޅައިލުމުގެ މަޝްރޫޢު ފެށުމާއެކު އެއިރު ސަރުކާރުން މާލެ ސަރަހައްދުގައި ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިއުލާނުކޮށް ހިންގަން ފެށި މަޝްރޫޢެކެެވެ.

މި ލިއުމާއި ގުޅޭ