Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

"ފްރެންޑްސް" ސީރީޒްގެ ތީމް ލަވަ ލިޔުނު ލަވަ ލިޔުންތެރިޔާ އެލީ ވިލިސް ނިޔާވެއްޖެ

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ހެއްވާމަޖާ ސިލްސިލާ ކަމުގައިވާ ފްރެންޑްސްގެ މަޝްހޫރު ތީމް ލަވަ ލިޔުނު އެލީ ވިލިސް ނިޔާވެއްޖެ ކަމުގައި އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފިއެވެ.
އެލީ ވިލިސްއަކީ ފްރެންޑްސްގެ ތީމް ލަވައިގެ އިތުރުން ބްރޯޑްވޭގައި ވަރަށް މަޤުބޫލު މިއުޒިކީ ޝޯއެއް ކަމުގައިވާ "ދަ ކަލަރ ޕާޕްލް" ލިޔުއްވި ލަވަ ލިޔުންތެރިޔާއެވެ. އޭނާ ނިޔާވެފައިވަނީ ހިތުގެ މައްސަލަތަކެއްގެ ސަބަބުން ކަމުގައި އޭނާގެ ޕަބްލިސިސްޓު އެލީން ސޯލިސް ނިއުޔޯރކްޓައިމްސަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.
އެލީ ވިލިސް ނިޔާވީ ކޮން ތަނެއްގައި ކަމެއް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިނުވެއެވެ. ނަމަވެސް އޭނާ ދިރިއުޅެމުންއައީ ލޮސް އެންޖެލްސްގައިކަން އެސޯސިއޭޓެޑް ޕްރެސްއިން ކަށަވަރުކޮށްދީފައިވެއެވެ.
އެލީ ވިލިސްވަނީ 2018ވަނަ އަހަރުގައި ލަވަ ލޮޔުންތެރިންގެ ހޯލް އޮފް ފޭމްގައި ހިމަނައިފައެވެ. އެއީ ބެެވަރލީ ހިލްސް ކޮޕްގެ ތީމް ލަވައަކަށް ބޭނުންކުރަން "ސްޓަރ އިޓް އަޕް" ނަމަކަށް ކިޔުނު ލަވަ ލިޔެ، އެލަވައަށް ގްރެމީއެއް ޙާޞިލުކުރިތާ 30 އަހަރު ފަހުންނެވެ. އަދި "ދަ ކަލަރ ޕާޕްލް" ލިޔުމުގެ ސަބަބުން ގްރެމީ އަދި ޓޯނީ އެވޯޑަށް އޭނާގެ ނަން ހުށަހެޅުނެވެ. ނަމަވެސް އެއެވޯޑު އޭނާއަށް ލިބިފައިނުވެއެވެ.
މަޝްހޫރު ސިލްސިލާ "ފްރެންޑްސް"ގެ ތީމް ލަވަ، "އައި ވިލް ބީ ދެޔަރ ފޯރ ޔޫ" ލިޔުމުން އޭނާގެ ނަން އެމީއަކަށް ހުށަހެޅުނެވެ. ނަމަވެސް އެއެވޯޑު އޭނާއަށް ކާމިޔާބުވެފައިނުވެއެވެ.
މި ލިއުމާއި ގުޅޭ