Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫނު ނެންގެވި 29 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުންނަށް

ޖާބިރުގެ އަތްޕުޅުން 29 މިލިއަން ރުފިޔާ ނެންގެވުމަށް ފަހު، އެފައިސާ ލިބިވަޑައިގެންފައި ނުވާ ކަމުގައި ވިދާޅުވެ ރައީސް މައުމޫނު އިތުރުފުޅު ހައްދަވާފައިވާތީ، އެފައިސާގެ މައްސަލަ ތަޙުޤީޤުކޮށްދެއްވުން އެދިވަޑައިގެން ޖާބިރު ފުލުހަށް ސިޓީއެއް ލައްވައިފިއެވެ. ފުލުސް ކޮމިޝަނަރު މުޙައްމަދު ޙަމީދާ މުޚާޠަބުކުރައްވައި ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ އެފައިސާގެ މައްސަލާގައި ރައީސް މައުމޫނު ފުލުހުންގެ އިދާރާއަށް ޙާޟިރުކުރައްވައި އަވަސް ތަޙުޤީޤެއް ހިންގަވައިދެއްވުން އެދިވަޑައިގަންނަވާ ކަމުގައެވެ.
މި 29 މިލިއަން ރުފިޔާއަކީ ރިޔާސީ އިންތިޚާބުގައި ބޭނުންކުރެއްވުމަށް އެމަނިކުފާނު ހޯއްދެވި ލޯނެއްކަމުގައި ޖާބިރު ކުރިން ވިދާޅުވެފައިވެއެވެ. އަދި އެފައިސާގެ ކަންކަމުގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން ޖާބިރާ މުޢާމަލާތްކުރެއްވީ ފާރިސް މައުމޫނު ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ. ރައީސް މައުމޫނު އަދި އެމަނިކުފާނު އިސްވެ ހުންނަވައި ހިންގެވި ސިޔާސީ ހަރަކާތް (އެމް.އާރު.އެމް)އިން ވަނީ އެފަދަ މުޢާމަލާތެއް ރައީސް މައުމޫނު ހިންގަވާފައި ނޯންނާނެ ކަމުގައި ބަޔާންކުރައްވާފައެވެ. އަދި ޖާބިރުގެ ތުހުމަތުތައް ދޮގުކުރައްވާފައިވެއެވެ.
ރައްޔިތުން މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު ޢަބްދުﷲ ޖާބިރު ފުލުހުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޙައްޤު ހޯއްދަވައިދެއްވުން އެދިވަޑައިގަންނަވާ ކަމުގައެވެ. އަދި ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން ތަޙުޤީޤަށް ބޭނުންވާނެ ހެކި ހުށަހަޅުއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި ލިއުމާއި ގުޅޭ