Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުދަލު ޒަކާތް

ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 36 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި 36 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަަލާއިރު ޖޫން މަހުގައި މުދަލުގެ ޒަކާތުގެ ގޮތުގައި 2.6 މިލިއަން ރުފިޔާ މީރާ އަށް ލިބިފައިވެއެވެ. އަދި ޖެނުއަރީ އިން ފެށިގެން ޖޫންގެ ނިޔަލަށް 36.7 މިލިއަން ރުފިޔާ މުޅި ޖުމްލަ ލިބިފައިވެއެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 21 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 41 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 0.5 އިންސައްތައެވެ.
ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަކީ 6961.5 ރުފިޔާއެވެ. އަދި ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ. މުދަލު ޒަކާތް ނެރުމަކީ ނިސާބު ހަމަވާ ކޮންމެ މީހަކުވެސް ކުރުން ވާޖިބު ކަމެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ޒަކާތް ނެރެނީ ނިސްބަތުން މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ