Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫރޯ

އިނގިރޭސީންގެ 55 އަހަރުވީ އުންމީދު ފެނަށް، ތަށި އިޓަލީއަށް

ބައިނަލްއަޤުވާމީ ފުޓުބޯޅައިގެ ބޮޑު މުބާރާތެއް ކާމިޔާބުކުރުމުގެ އުންމީދުގައި އިނގިރޭސިން ތިބޭތާ 55 އަހަރު ފަހުން އެ ޤައުމަށް ތައްޓެއް ހޯދުމަށް ލިބުނު ރަނުގެ ފުރުސަތު ނާކާމިޔާބުވެ، އިޓަލީއިން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތަށި ކާމިޔާބުކޮށްފިއެވެ.

1966 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ފަހުން އިނގިރޭސިންނަށް ފުޓުބޯޅާގައި ލިބުނު އެންމެ ބޮޑު އުފާވެރިކަން ރޭ ކުޅުނު ޔޫރޯގެ ފައިނަލް މެޗުގެ ފުރަތަމަ ކޮޅުގައި ހާސިލުވީ ލޫކް ޝޯ މެޗު ފެށުނުތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކާމިޔާބުކޮށްދިން ގޯލުންނެވެ.

މި ފައިނަލުގެ ކުރިން ކުޅުނު 33 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ ފައިނަލާ ހަމައަށް ވާސިލުވި އިޓަލީން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ ފުރިހަމަ ބާރުވެރިކަން އަތްމައްޗަށް ނެގިއެވެ. އަދި އެ ޓީމުގެ ކުޅުމާއެކު 67 ވަނަ މިނިޓުގައި ލިއަނާޑޯ ބޮނޫޗީ އިޓަލީއަށް އެއްވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނެވެ.

އިތުރު ވަގުތުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުމުގެ ސަބަބުން ޕެނަލްޓީ ޖަހަން މަޖުބޫރުވިއެވެ. ޕެނަލްޓީ ނިމިގެން ދިޔައީ ވަރަށް ހިތްދަތި ގޮތެއްގައި އިނގިރޭސިންނަށް މުބާރާތް ނާކިޔާބުވެގެންނެވެ.

އިނގިރޭސިންގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީވަނީ ނާކާމިޔާބުވެފައެވެ. އެގޮތުން މާކަސް ރަޝްފޯޑުގެ ޕެނަލްޓީ އެރީ ގޯލު ދަނޑިއަށެވެ. ގިންލުއިގީ ޑޮންނަރުންމާ ފޮނުވައިލި ބޯޅަ އިޓަލީގެ ހުނަރުވެރި ކީޕަރު ޖޭޑަން ސަންޗޯ ދިފާޢުކުރީއެވެ. އަދި އާސެނަލްގެ ހުނަރުވެރި ފުރާވަރުގެ ކުޅުންތެރިޔާ ބުކަޔޯ ސަކާގެ ޕެނަލްޓީވެސް އިޓަލީގެ ކީޕަރު ދިފާޢުކުރިއެވެ.

އިޓަލީގެ ދެ ކުޅުންތެރިން ފޮނުވައިލި ޕެނަލްޓީތައް އިނގިރޭސި ކީޕަރު ޕިކްފޯޑު ދިފާޢުކުރި ނަމަވެސް ޑޮމެނިކޯ ބެރާޑީއާއި، ބޮނޫޗީއާއި ފެޑްރިކޯ ބާނާޑޭޝީވަނީ އެ މީހުން ޖެހި ޕެނަލްޓީތައް ކާމިޔާބުކޮށް އިޓަލީއަށް ތަށި ހޯދައިދީފައެވެ.

މި ލިއުމާއި ގުޅޭ