Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިމާވެށި

ކަނޑޫފާތަކުގައި ހުންނަ ގަސް މަރުވަނީ ފަންގަސްއެއްގެ ސަބަބުން: އީޕީއޭ

ރާއްޖޭގެ ބައެއް ކަނޑޫފާތަކުގައި ގިނަ އަދަދަކަށް ގަސް މަރުވަމުން ދަނީ ފަންގަސްއެއްގެ ސަބަބުން ކަމަށް އެންވަރަމަންޓު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނެފިއެވެ.

އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި އަހަރު މާޗުން ފެށިގެން ރާއްޖޭގެ އުތުރުގައި އެންމެ ބޮޑެތި ކަނޑޫފާތަކުން ގިނަ އަދަދަށް ގަސްތައް މަރުވަމުން ދާކަން ފާހަގަވެފައިވާ ކަަމަށާއި އެކަމުގެ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން އިންޑިޔާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީއަށް ތަހުލީލުތައް ހެދުމަށް ކަނޑޫފާ މަރުވާކަން ފާހަގަވި ރަށްރަށުން ގަސް ގަސްގަހުގެ ސާމްޕަލް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ކަނޑޫފާ މަރުވާ 7 ރަށަކުންނާއި ކަނޑޫފާ މަރުވުމުގެ އަސަރު ނުފެންނަ 2 ރަށަކުން ނެގި ސާމްޕަލް ފޮނުވުމުން، އެ ތަހުލީލުތަކުން ފެނުނު ގޮތުގައި ފޮނުވި ވެލީގެ ސާމްޕަލްތަކުގައި ނިއުޓްރިއެންޓްސް ހުރީ ދިވެހިރާއްޖެއާ ހޫނުމިން އެއްގޮތް ޤައުމުތަކުގެ ކުޅި ފައު އަދި ޗަސްބިންތަކުގައިވެސް ހުންނަ މިންވަރާ ދާދި އެއްގޮތް މިންވަރަކަށް ކަމުގައި ބުނެފައިވެއެވެ.

އަދި ހެވީ މެޓަލްގެ އަސަރު އެއިން އެއްވެސް ސާމްޕަލަކުން ނުފެންނަ ކަމަށާއި، އަދި މިފަދަ މާހައުލެއްގައި ހުންނަ ގަސްގަހުން އާންމުކޮށް ނުފެންނަ ބަލިޖައްސާ ލޮލަށް ނުފެންނަ ބާވަތުގެ ދިރުންތައް ފާހަގަވެފައިނުވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ގަސްތައް މަރުވަމުން އަންނަ ރަށްރަށުން ނެގުނު ސާމްޕަލްތަކުން މީގެ ކުރިންވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ގަސްތައް މަރުވުމަށް މެދުވެރިކުރާ ފަންގަސްއެއް ފާހަގަވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އީޕީއޭއިން ބުނީ މި ފަންގަސްއަކީ އެކި ސަބަބުތަކާހުރެ ގަސް ބަލިވެފައިވާ ދަނޑިވަޅުގައި ގަސްތައް އިތުުރަށް ބަލިކުރާ ފަންގަހެއް ކަމުގައެވެ. އެހެންނަމަވެސް ރާއްޖޭގައި ކަނޑޫފާތައް މަރުވަނީ މި ފަންގަސްގެ ސަބަބުންކަން ކަށަވަރުކުކުރަން މިހާރަށްވުރެ ގިނަ ސާމްޕަލް ބޭނުންވާނެ ކަމަށްވެސް އީޕީއޭއިން ބުންޏެވެ.

އިތުރު ތަހުލީލުކުރުމަށް މާހިރުން ކޮންމެހެން އެ ސަރަހައްދަށް ޒިޔާރަތްކުރަންޖެހޭތީ މި ތަހުލީލުތައް ހަދާ ޔުނިވާސިޓީގެ ޓީމެއް ގަސްތައް މަރުވާ ރަށްތަކަށް ވީހާވެސް އަވަހަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖައްސަން އެ އިދާރާއިން މަސައްކަތްކުރަމުން އަންނަ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ. މި ޒިޔާރަތުގައި އިތުރު ސާމްޕަލް ނަގައި އިތުރަށް ތަހުލީލުކުރަން ހަމަޖެހިފައިވާ ކަމަށްވެސް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ