Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

އައްމަޓީ ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައި އޮންނާނެ

އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމުގައި ތުހުމަތުކުރެވިފައިވާ، ސީ ލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ނިން ނިންމުމުގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ދިވެހިރާއްޖޭގެ ކޯޓުގައި އޮންނާނެއެވެ.

އައްމަޓީގެ މައްޗަށް ތުހުމަތުވާ މައްސަލައަކީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމަށް ސީލައިފާއި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެދުގައި ހެދި އެއްބަސްވުމުގެ ދަށުން، އެ ހައުސިން ޔުނިޓުތައް އެޅުމުގެ އަމަލީ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ފުރިހަމަކުރުމާ ނުލައި، މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެވެ.

ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް އަންމަޓީ އަތުލައިގެނެފައިވަނީ ލަންކާ ފުލުހުންނެވެ. އައްމަޓީ ރާއްޖެއިން ބޭރަށް ދިއުމުން އޭނާ އަނބުރާ ޤައުމަށް ގެނައުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގައެވެ.

މި މައްސަލާގައި އައްމަޓީ މައްޗަށް 42 ދައުވާ ދައުުލަތުން އުފުލާފައިވާއިރު އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ޖުމްލަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ.

މި މައްސަލާގައި އައްމާޓީ ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނިކޮށް ޖޫން މަހުގެ 17 ވަނަ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޮތް އަޑުއެހުމުގައި ކުރިމިނަލް ކޯޓުންވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.

އޭނާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން ޖޫން މަހުގެ ތެރޭގައި އޭނާ ބަންދުން ދޫކޮށްލި އަމުރު ޕީޖީ އޮފީހުންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހައިކޯޓުން ތާވަލުކޮށްފައިވަނީ 14.00 ގައެވެ.

މި ލިއުމާއި ގުޅޭ