Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު މުވައްޒަފުން

70% ރިސޯޓް މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފި

ރިސޯޓުަތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން ޖުމްލަ 94 އިންސައްތަ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަނަ ޑޯޒް ފުރިހަމަކޮށް، ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ނިސާބަތް 70 އިންސައްތައަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 184،865 މުވައްޒަފުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ. އެއީ އެ ސިނާޔަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 70% އެވެ.

މީގެ އިތުރުން، ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 315،620 މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އެއީ ރިސޯޓް މުވައްޒަފުންގެ ނިސްބަތުން ބަލާނަމަ، 96 އިންސައްތަ މުވައްޒަފުންނެވެ. ރާއްޖެއަކީ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރާ ދުނިޔޭގެ ފުރަތަމަ ގައުމަށް ހެދުމަކީ ޓޫރިޒަމް މިނިސްޓްރީގެ އަމާޒެކެވެ.

މިގޮތުން، ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީ ގުޅިގެން ހިންގާ އައި އެމް ވެކްސިނޭޓެޑް ކެމްޕޭނުގެ ދަށުން ޓޫރިސްޓު ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމުން ބެޖެއް ދޭއިރު، މި ބެޖުން ޓޫރިސްޓުންނަށް އަންގައިދެނީ އެ މުވައްޒަފަކީ ކޮވިޑް-19ގެ ދިފާއުގައި މިވަގުތު އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައިގެން ހުރި މުވައްޒަފެއްކަމެވެ.

މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ވެކްސިން ޖެހޭނެ އިންތިޒާމުތަކެއް ހަމަޖައްސައި، އެކަމަށް ހާއްސަ ޕްރޮގްރާމެއްވެސް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރިޔަށް ގެންދަމުންކަން ވެސް ދާހަގަ ކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ