Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ރާއްޖޭގެ މިނިވަންކަމާމެދު އޮތީ ސުވާލު އުފެދިފައި: އަލީ ހުސައިން

ރާއްޖޭގެ މިނިވަކަމާ ދޭތެރޭގައި ސުވާލު އުފެދިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. އޭނާ އެފަދައިން ވިދާޅުވީ އިންޑިޔާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވީ ދިވެހިރާއްޖެއަށް އިންޑިޔާ ސަރުކާރުން ގެނެސްގެން އުޅޭ ހެލިކޮޕްޓަރުތައް ގެންދިއުމަށް ދިވެހި ސަރުކާރުން އެންގުމުން އެކަމަށް އިންޑިޔާގެ އަސްކަރިއްޔާއިން ދެކޮޅު ހެދި ހިސާބުން އެއޮތީ ދިވެހިރާއްޖޭގެ މިނިވަންކަމާމެދު ސުވާލު އުފެދިފައި ކަމަށެވެ. އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުން އިންޑިޔާގެ ދެ ހެލިކޮޕްޓަރާ ގުޅޭ އެއްބަސްވުން އައުކޮށްފައިނުވަނީސް، އެ އެއްބަސްވުންތައް އައުކުރީ އަލީ ހުސައިންގެ ވަރަށް ބޮޑު މަދަދުވެރިކަމާއި ބައިވެރިވުމާއެކު އައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނެވެ.

އިންޑިޔާއިން ދީފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރުގެ އެއްބަސްވުން 2017 ވަނަ އަހަރު ބާޠިލުވުމާއެކު އެ ހެލިކޮޕްޓަރު ގެންގޮސް އިންޑިޔާއިން ދިވެހިރާއްޖެއަށް ޑޯނިއާ ފުލައިޓެއް ދިނުމަށް ދިވެހި ސަރުކާރުން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެދުނެވެ. އެމަނިކުފާނުގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ވިދާޅުވީ އެގޮތަށް ދިވެހި ސަރުކާރުން އެދުނީ ޑޯނިއާ ދުއްވަން އެނގޭ ޕައިލެޓުން ތިބުމާއެކު، ޑޯނިއާއާއެކު އިންޑިޔާ ސިފައިން ތިބެން އުޒުރެއް ނޯންނާނެތީ ކަމަށެވެ.

ނަމަވެސް ދިވެހި ސަރުކާރުން އެދުމުން ހެލިކޮޕްޓަރު ނުގެންގޮސް އޮއްވައި ދެވަނަ ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ މުހުލަތުވެސް ހަމަވިއެވެ. އެ އެއްބަސްވުމުގެ މުހުލަތު 2018 ވަނަ އަހަރުގެ ޖޫން މަހުގައި ހަމަވުމުން ދެ ހެލިކޮޕްޓަރުވެސް ގެންދިއުމަށް ދިވެހި ސަރުކާރުން އެދުނެވެ. އަދި ރަސްމީކޮށް ސިޓީއެއްވެސް އިންޑިޔާ ސަރުކާރަށް ފޮނުވިއެވެ. ނަމަވެސް އިންޑިޔާއިން އެކަމަށް އިންކާރުކުރީއެވެ. އަދި އިންޑިޔާ ސިފައިންގެ ވިސާ އައުކޮށް ނުދިނުމުންވެސް ސިފައިންވެސް އަނބުރާ ނުގެންދިޔައެވެ.

ވެރިކަން ބަދަލުވުމާއެކު ދެ މަސްދުވަސްނުވަނީސް އައު ސަރުކާރުންވަނީ އެ އެއްބަސްވުންތައް އާކުރަން ނިންމައި އިންޑިޔާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބަހައްޓައި އޮޕަރޭޓުކުރަން ހުއްދަ ދީފައެވެ.

މި ލިއުމާއި ގުޅޭ