Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ ހެލިކޮޕްޓަރ އެއްބަސްވުން

ހެލިކޮޕްޓަރު އެއްބަސްވުން: ހެލިކޮޕްޓަރު ބޭނުންކުރަން އެދުމުން ދެކޮޅު ހެދުމުގެ އިޚުތިޔާރު އިންޑިޔާއަށް

ރާއްޖޭގައި ބާއްވާފައި އޮންނަ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ ހެލިކޮޕްޓަރު އެއްވެސް ކަމެއްގައި ބޭނުންކުރަން ދިވެހި ސަރުކާރުން އެދުމުން އެކަމަށް އިންކާރުކުރުމުގެ ބާރު އިންޑިޔާއަށް އޮންނާނެކަން "ދިޔަރެސް"އަށް ލިބިފައިވާ ހެލިކޮޕްޓަރު އެއްބަސްވުމުން ހާމަވެއްޖެއެވެ.

މި އެއްބަސްވުމުގެ 8 ވަނަ މާއްދާގައި "ޓާސްކިން" ނުވަތަ މަސައްކަތް ހަވާލުކުރުމާ ގުޅޭ ބައިގައި ބުނެފައިވަނީ މަސައްކަތް ހަވާލުކުރާނީ އިންޑިޔާގެ ކޮންޓިންޖެންޓު ޓީމު ނުވަތަ ހެލިކޮޕްޓަރާއެކު ތިބޭ އިންޑިޔާ ސިފައިންގެ ޓީމުގެ ކޮމާންޑަރުގެ މަޝްވަރާގެ މަތިން ދިވެހި ސަރުކާރުން ކަމަށެވެ. ދިވެހި ސަރުކާރުން މަސައްކަތެއް ކޮށްދިނުމަށް އެދުމުން އެ މަސައްކަތެއް ކުރުމަށް އިންކާރުކުރުމުގެ އިޚުތިޔާރު ކޮންޓިންޖެންޓު ޓީމުގެ ކޮމާންޑަރަށް އޮންނާނެ ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

ހެލިކޮޕްޓަރު ބޭނުންކުރެވޭނީ ކޮން މަސައްކަތްތަކަށްކަން ބަޔާންކޮށްފައިވާއިރު އެ މަސައްކަތްތަކުގެ ތެރޭގައި ސާޗް އެންޑް ރެސްކިއު، އައްސޭރިފަށުގެ ސާވެލެއިންސްއާއި، ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި، މުވާސަލާތީ ވާޖިބުތަކާއި، ސިފައިން މޯބަލައިޒްކުރުން ހިމެނޭހެން ދެ ޤައުމުގެ ސަރުކާރުތަކުން އެއްބަސްވާ އިތުރު އެފަދަ އެހެން ކަންކަމެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބޭ ހުރިހާ އެންމެންވެސް ތަބާވާނީ އިންޑިޔާގެ ކޯސްޓު ގާޑުގެ ކޮންޓިންޖެންޓު ކޮމާންޑަރަށެވެ. އަދި އެ ކޮމާންޑަރު ޖަވާބުދާރީވާންޖެހޭނީ އިންޑިޔާގެ ހައިކޮމިޝަނަރުގެ މަޤާމެއްގައި އެ ވަގުތު ހުންނަވާ ބޭފުޅަކަށެވެ. އހެެންކަމުން ދިވެހި ސަރުކާރުން ކަމެއްގައި އެދުނު ނަމަވެސް އެކަމެއް ކުރުމާއި ނުކުރުމުގެ އިޚުތިޔާރު ކޮމާންޑަރަށް އޮންނާނެއެވެ. އަދި ކޮމާންޑަރުގެ ނިންމުންތަކާމެދު އޭނާ ޖަވާބުދާރީވާންޖެހޭނީ އިންޑިޔާގެ ހައިކޮމިޝަނަރަށެވެ.

މި އެއްބަސްވުމުގެ ދަށުން ހަމައެކަނި އައްޑޫގައި އޮންނަ އިންޑިޔާ ހެލިކޮޕްޓަރާއެކު އިންޑިޔާގެ ކަނޑުގެ ސިފައިންގެ 24 އޮފިސަރުން ތިބޭނެއެވެ. އަދި އިންޑިޔާގެ އަސްކަރީ އިކުއިޕްމެންޓު އުފައްދާ ކުންފުންޏެއް ކަމުގައިވާ ހިންދުސްތާން އެއުރޮނޮޓިކްސް ލިމިޓެޑު (ހަލް)ގެ އިންޖިނިއަރަކާއި ޓެކްނީޝަނުންވެސް ތިބޭނެއެވެ.

މި ލިއުމާއި ގުޅޭ