Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބާކައުންސިލް ރައީސް މައުމޫނު ހަމީދާ ދެކޮޅަށް މައްސަލައެއް އެކައުންސިލަށް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ބާކައުންސިލުގެ ރައީސް އަލްއުސްތާޛު މައުމޫނު ޙަމީދާ ދެކޮޅަށް މައްސަލައެއް އެކައުންސިލަށް ހުށަހަޅައިފިއެވެ. އެކައުންސިލަށް މިމައްސަލަ ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒެވެ.
ޒާހިދުގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލައަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދަޢުވާއުފުލިފައިވާ މ.ތާއިފް އިސްމާޢީލު ރަޝީދުގެ ދިފާޢީ ހެއްކެއްގެ ގޮތުގައި އޭނާގެ ނަން މައުމޫނު ޙަމީދު ހުށަހެޅުއްވި މައްސަލައެވެ. ޒާހިދު ކުރެއްވި ޓުވީޓެއްގައި މައްސަލަ ހުށަހެޅުއްވުމަށް އީމެއިލް މެދުވެރިކުރައްވައި ބާކައުންސިލަށް އޭނާ ފޮނުއްވި ސިޓީގެ ކޮޕީއެއް ޢާންމުކުރައްވާފައިވެއެވެ.
އެކޮޕީގައި އޭނާ ވިދާޅުވެފައިވަނީ މ.ތާއިފް އިސްމާޢީލު ރަޝީދާ ބައްދަލުވެފައިނުވާ އަދި ދުވަހަކުވެސް ވާހަކަދައްކާފައިނުވާ މީހަކަށްވާއިރު މައުމޫނު އޭނާގެ ނަންފުޅު ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި ސަބަބު އެނގިވަޑައިނުގަންނަވާ ކަމުގައެވެ. އަދި ޔާމީން ރަޝީދުގެ މަރާ ގުޅުވައިގެން ޒާހިދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް އަޅުވަމުންދާ ކަމުގައާއި އެއީ އޭނާއާއި އޭނާ ނިސްބަތްވާ ޕީޕީއެމް ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި ޒާހިދު ޞިފަކުރައްވާފައިވެއެވެ.
I have emailed my official complaint letter to @MvBarCouncil against it’s President & Lawyer @maanhameed regarding his unprofessionalism. I hope the Bar Council will consider this without bias and look further in to the matter. @DhiyaresNews @VaguthuOnline @Mihaarunews @sunbrk pic.twitter.com/pWBxJMsadr— Xahid Creator (@xahidcreator) December 17, 2019

ޒާހިދުގެ ސިޓީގައި ފާހަގަކުރައްވާފައިވަނީ ބާކައުންސިލުގެ ރައީސް ފަދަ ޒިންމާދާރު މަޤާމެއްގައި ހުންނަވައިގެން މައުމޫނު ޙަމީދު މިފަދަ ތުހުމަތެއް އޭނާގެ ބޮލުގައި އެޅޭނެ ގޮތަކަށް ޢަމަލުކުރެއްވުމަކީ އަދި އޭނާގެ އަގުވައްޓައިލެއްވުމަށް މަސައްކަތްކުރެއްވުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
އަދި މައުމޫނު މަސައްކަތްކުރައްވާފައިވަނީ ޤާނޫނީ ފަންނުގެ ޤާނޫނުގެ 39ވަނަ މާއްދާގެ ބއާ ޚިލާފަށް ޤާނޫނީ ވަކީލުންގެ އިތުބާރު މުޖުތަމަޢުގައި ގެއްލޭ ފަދަ ގޮތަކަށް ކަމުގައިވެސް ޒާހިދުވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން ބާކައުންސިލް ރައީސްގެ މަޤާމު ފަދަ މަޤާމެއްގައި ހުންނަވައި، މައުމޫނު ކަންތައްކުރެއްވި ގޮތުން ދެން ސަލާމަތުން ހުންނާނީ ކޮން ޤާނޫނީ ވަކީލެއްތޯ ޢާންމުން ސުވާލުކުރާ ކަމުގައިވެސް ޒާހިދު ވިދާޅުވިއެވެ.
އަދި އެޤާނޫނުގެ 42ވަނަ މާއްދާގެ ހ.އާ ޚިލާފަށް މައުމޫނު ނަންގަވާފައިވާ ކޭސްއަކީ އޭނާގެ އަނބިކަބަލުންގެ ކޮއްކޯފޮޅުގެ ކޭހަކަށްވާތީ، އެކޭހުގައި ޖަޒުބާތުން މިނިވަންވެ ހުރެ މުސްތަޤިއްލުކޮށް މަސައްކަތްނުކުރެއްވޭ ކަމުގައިވެސް ޒާހިދު ފާހަގަކުރައްވާފައިވެއެވެ. އަދި މައުމޫނުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދަވާ ކަމުގައިވެސް ޒާހިދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ