Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލިވަރޕޫލް

ސައުތުހެމްޓަން ބަލިކޮށް ދުވަސްތަކަކަށްފަހު ލިވަޕޫލަށް ކާމިޔާބުގެ ރަހަ

އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ދެ މެޗުން އެއްވަރުވުމަށްފަހު ސައުތަމްޕްޓަންއާ ކުޅުނު މެޗު ކާމިޔާބުކޮށް ލިވަޕޫލަށް އަނެއްކާވެސް ކާމިޔާބުގެ ރަހަ ލިބި، ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި އުންމީދު އައުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ މެޗުން ސައުތަމްޕްޓަނުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ލިވަޕޫލުވަނީ މޮޅުވެފައެވެ. އެއާއެކު ލީޑްސްއާ ކުޅެ 3-1 ގެ ނަތީޖާއަކުން ބަލިވި ޓޮޓެންހަމުގެ މައްޗަށް ތާވަލުގައި އެ ޓީމުވަނީ ޖެހިލާފައެވެ.

މެޗުގެ 31 ވަނަ މިނިޓުގައި ލިވަޕޫލަށް ކުރި ހޯދައިދިނީ އެ ޓީމުގެ ސެނެގާލް ތަރި ސާޑިއޯ މާނެ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. އޭގެ ފަހުން އަލަކެންޓުރާވަނީ މެޗުގެ އެންމެ ފަހު މިނިޓުގައި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ތަފާތު ބޮޑުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލަށް މިހާތަނަށް ލިބިފައިވާ 57 ޕޮއިންޓެވެ. އަދި އެ ޓީމު މިހާރު އޮތީ ލީގުގެ 6 ވަނަ ޖާގައިގައެވެ. އަންނަ ބުރާސްފަތި ދުވަހު ލިވަޕޫލައި މެންޗެސްޓާ ޔުނައިޓެޑުގައި މެޗެއް ކުޅޭނެއެވެެ.

މި ލިއުމާއި ގުޅޭ