Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަބްދުﷲ ޝާހިދު

އިންޑޮނީޝިއާގެ ރައްޔިތުންނަށް ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެ

އިންޑޮނީޝިއާގައި ސަބްމެރިނަކަށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި، އެ ސަބްމެރިންގައި މަސައްކަތްކުރި އެންމެން މަރުވުމާއި ގުޅިގެން، އެ ގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ އެލްފީ މަދްރޫސީއަށް، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިދިޔަ ބުދަ ދުވަހު ވީނުވީއެއް ނޭނގި، "ނަންގަލާ"ގެ ނަމުން ނަން ދީފައިވާ މި ސަބްމެރިން ވަނީ ކަނޑުގެ 800 މީޓަރު އަޑިން ހޯދައިފަ އެވެ. ލިބިފައިވާ ގެއްލުންތަކަށް ބެލުމަށްފަހު، އެ ސަބްމެރިންގައި ތިބި 53 މީހުން މަރުވެފައިވާ ކަމަށް، އިންޑޮނީޝިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ނިންމައިފަ އެވެ.

ހިތާމަވެރި މި ހާދިސާއާއި ގުޅިގެން، ޝާހިދު ވަނީ އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފަ އެވެ.

ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށާއި، އެހެންކަމުން ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފައިވެ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށްވެސް ތައުޒިޔާ ރަށްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

"ނަންގަލާ" ސަބްމެރިން ގެއްލުނީ ކަނޑުއަޑީގައި މިސައިލުގެ ތަމްރީނުތަކެއް ކުރިއަށް ގެންދަނިކޮށެވެ. އެ ސަބްމެރިންގައި ހުރީ ތިން ދުވަހުގެ އޮކްސިޖަނާއި، ސަބްމެރިން އޮތް ފުން ހިސާބުގެ ސަބަބުން، އަސްކަރީ އޮފިޝަލުން އިއްޔެގެ ވަގުތެއްގައި ނިންމާފައިވަނީ، ފަޅުވެރިން މިހާރު ތިބޭނީ މަރުވެފައި ކަމަށެވެ.

މި ލިއުމާއި ގުޅޭ