Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ރައީސް އިތުރުފުޅު ހައްދަވައިފި

އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއްގެ އިތުރަށް މަގަތު ފާލަމެއް ޤާއިމުކުރުމަށް ކަމަށް ބުނެ އިންޑިޔާއާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިތުރުފުޅު ހައްދަވައިފިއެވެ

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާ އަދި މަޖިލީހާވެސް އެ އެއްބަސްވުމާ ގުޅިގެން ހިއްސާކުރަންޖެހޭ މައުލޫމާތު ބަރާބަރަށް ހިއްސާކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވީ "ދިޔަރެސް"އިން މި އެއްބަސްވުން ހާމަކުރެއްވުމުގެ ވިސްނުންފުޅެއް ރައީސް ނުގެންގުޅުއްވާތޯ ސުވާލުކުރުމުން ދެއްވި ޖަވާބުގައެވެ. އިންޑިޔާގެ ކަނޑުގެ އަސްކަރިއްޔާގެ ސްޓްރެޓެޖީގައި އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގައި އިންޑިޔާ ސިފައިން ޤާއިމުވެ ތިބޭ ގޮތް ހެދުމާއި، އިންޑިޔާ ޢަސްކަރިއްޔާއަށް ބޭނުންކުރެވޭ ގޮތަށް އުމްރާނީ ވަސީލަތްތައް ޤާއިމުކުރުން ހިމެނޭކަން ފާހަގަކޮށް ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

އޭގެ އިތުރަށް ރައީސް ވިދާޅުވީ މިފަދަ އެއްބަސްވުންތަކަކީ ކުރީގައި އެއްވެސް ސަރުކާރަކުން ހާމަކުރި އެއްބަސްވުންތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް މި އެއްބަސްވުމާ ގުޅޭ ގޮތުން ހާމަކުރަންޖެހޭ މައުލޫމާތު ބަރާބަރަށް ރައްޔިތުންގެ މަޖިލީހާ އަދި އެ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވުމާ ގުޅިގެން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރަށް ގުޅައި، އެފަދަ މައުލޫމާތެއް އެ ކޮމިޓީއާ ހިއްސާކޮށްފައިވޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ މިހާތަނަށް އެފަދަ އެއްވެސް މައުލޫމާތެއް ކޮމިޓީއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓު ކޮޕީއެއް ލީކުވުމާ ގުޅިގެން އެ އެއްބަސްވުމުގެ އަސްލު މަޖިލީހުގެ 241 ކޮމިޓީއަށް ގެނެސްދެއްވުން އެދިވަޑައިގެން އާދަމް ޝަރީފުވަނީ މަޖިލީހުގެ ރައީސަށްވެސް ސިޓީއެއް ފޮނުއްވާފައެވެ. މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެއީ މަޖިލީހަށް ގެންނަންޖެހޭ ބާވަތުގެ އެއްބަސްވުމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ