Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ރާއްޖޭގެ ޤާނޫނުތަކަށް ގޮންޖަހާ، އެމެރިކާގެ މަނަވަރެއް ރާއްޖޭގެ ސަރަހައްދަ ވަދެފި

ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ގޮންޖަހާ، އެމެރިކާ އަސްކަރީ މަނަވަރެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފިއެވެ.

އެކަމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެކޭ ބުނެފައި ނުވި ނަމަވެސް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ބަޔާނެއް ނެރެފައެވެ. މިގޮތުން އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ޕޯލް ޖޯންސް ވަނީ ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް) އިން ދަތުރުކޮށްފައެވެ. އަދި އެކަން ކޮށްފައިވަނީ ރާއްޖޭގެ ސަރުކާރުގެ ހުއްދަ ނުހޯދައި ކަމަށާއި އެހެން ނަމަވެސް އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ހުއްދަ ކަމެއް ކަމަށް އެމެރިކާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާ ނޭވީގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދަށް ވަންނަން ބޭރު ޤައުމުތަކުގެ ހަނގުރާމަ މަތީ މަނަވަރުތަކުން ހުއްދަ ހޯދަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް އެމެރިކާ އިން މި ހިންގި "ފްރީޑޮމް އޮފް ނެވިގޭޝަން އޮޕަރޭޝަން" ގެ ދަށުން ރާއްޖޭގެ ޤާނޫނުތަކަށް ގޮންޖަހާ ކަމަށެވެ.

އަދި މިހާރުވެސް އެމެރިކާގެ ލަޝްކަރުތައް އިންޑޯ ޕެސިފިކް ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ހަރަކާތްތެރިވާ ކަމަށާއި، ރާއްޖޭގެ ޤާނޫނުތައް ތަން ނުދިނަސް ބައިނަލްއަޤްވާމީ ޤާނޫނު ތަންދޭ މިންވަރަކުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ވެސް ރާއްޖޭގެ ސަރަހައްދުން އުދުހޭނެ ކަމަށާއި އަދު މަނަވަރުތައްވެސް ދަތުރުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަން ކުރަމުންދަނީ ސިޔާސީ ސްޓޭޓްމެންޓެއް ހެދުމަށް ނޫންކަމަށްވެސް އެމެރިކާ ނޭވީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އަދި ރާއްޖޭގެ ސަރުކާރުން އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. އެމެރިކާގެ މަނަވަރު ވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށްވެސް ވަދެފައެވެ. އެކަމާއި ގުޅިގެން އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

މި ލިއުމާއި ގުޅޭ