Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ކަރަވާޖިއޯގެ ކުރެހުމެއް ކަމުގައި ބެލެވޭ ކުރެހުމެއް ނީލަންކިޔުން ސްޕެއިނުން ހުއްޓުވައިފި

ރެނައިސަންސް ދުވަސްވަރަށް ނިސްބަތްވާ އިޓަލީގެ ފަންނުވެރިޔާ މައިކަލެންޖަލޯ ކަރަވާޖިއޯގެ ކުރެހުމެއް ކަމަށް ބެލިވެގެން، ސްޕެއިނުގެ ވެރިރަށް މެޑްރިޑުގައި ނީލަން ކިޔަން ރާވާފައިވާ ކުރެހުމެއް، ނީލަން ކިޔުން ސްޕެއިން ސަރުކާރުން ހުއްޓުވައިފިއެވެ.

އެންމެ ފުރަތަމަ ނީލަން ރޭވިފައި އޮތް ގޮތުން ކަށިކުނބުރީގެ ތާޖުލުން ނުވަތަ "ކްރޯނިން އޮފް ތޯންސް" ނަމަކަށް ކިޔޭ މި ކުރެހުމުގެ ނީލަން ފަށަން ރޭވިފައި އޮތީ 1،500 ޔޫރޯސްއިންނެވެ. އެހެންނަމަވެސް މި ކުރެހުމަކީ ޙަޤީޤަތުގައިވެސް ކަރަވާޖިއޯގެ ކުރެހުމެއް ކަމުގައިވާނަމަ، މި ކުރެހުމުގެ އަގު 150 މިލިއަން ޔޫރޯއަށް އަރާނެއެވެ.

ސަތާރަވަނަ ޤަރުނަށް ނިސްބަތްވާ މި ކުރެހުމުން ފެންނަނީ ނަޞާރާ ދީނުގެ ޤަބޫލުކުރުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢީސާގެފާނު ޞަލީބަށް އެރުވުމުގެ ހިނދުކޮޅެއްގެ ކުރިއެވެ. މި ކުރެހުން މިހާތަނަށް ނިސްބަތްކޮށްފައިވަނީ ސްޕެއިނުގެ ފަންނުވެރިޔާ ހޯސޭ ޑެ ރިބެރާއަށެވެ.

މި ކުރެހުން ސްޕެއިނުން ބޭރުކޮށް އެހެން ޤައުމެއްގައި ވިއްކަފާނެކަމުގެ ބިރާއެކު، ސްޕެއިން ސަރުކާރުންވަނީ ނީލަން ފެށެން މަދު ގަޑިއިރުތަކަކަށް ވެފައިވަނިކޮށް ނީލަމުގެ ކަންކަން ހުއްޓުވާފައެވެ.

މެޑްރިޑުގައި އަންސޮރޭނާ އޯކްޝަން ހައުސްގެ ތަރުޖަމާނަކު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ކުރެހުން ކުރެހީ ކޮން ފަންނުވެރިއެެއްކަން ދެނެގަތުމުގެ މަސައްކަތް ތަފާތު ތަޖުރިބާކާރުންނާއި މާހިރުން މިހާރު ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެ ކުރެހުމަކީ އެކްސްޕޯޓު ކުރެވޭނެ ކުރެހުމެއް ނޫން ކަމަށް މާހިރުން ނިންމަވާފައިވާ ކަމަށާއި، އެހެންކަމުން އެ ކުރެހުން ސްޕެއިނުން ބޭރުނުވާނެ ކަމަށެވެ.

ސްޕެއިނުގެ ކަލްޗާ މިނިސްޓަރު ވިދާޅުވީ އެ ކުރެހުމަކީ އަގުހުރި ކުރެހުމެއް ކަމަށާއި، އުންމީދުކުރައްވަނީ އެއީ ކަރަވާޖިއޯގެ ކުރެހުމެއް ކަމަށްވުމަށް ކަމަށެވެ. އޭއެފްޕީއަށް މައުލޫމާތު ދިން ސްޕެއިނުގެ ކަލްޗާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މި ކުރެހުމަކީ ކަރަވާޖިއޯގެ އަސްލީ ކުރެހުމެއް ކަމަށްވުން އެކަށީގެންވާކަމަށް ހެކިދޭނެ ކިތާބީ އަދި ފަންނީ ވައްޓަފާޅީގެ ހެކި ފުދޭމިންވަރަކަށް އެބަހުރި ކަމަށް، ޕްރާޑޯ މިއުޒިއަމުގައި ބޭއްވި ބައްދަލުވުމުގައި މާހިރުން ވިދާޅުވެފައިވާ ކަމަށެވެ.

ބައެއް މާހިރުންވަނީ އެ ކުރެހުން ބެއްލެވުމަށްފަހު އެއީ ކަރަވާޖިއޯގެ ކުރެހުމެއްކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް މީޑިޔާއަށް މައުލޫމާތު ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ