Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަފްރާޝީީމް

ޑރ.އަފްރާޝީމްގެ ހަނދާނުގައި ކުރީ ސަރުކާރުން ބިނާކުރި އިސްލާމީ މަރުކަޒު އަދިވެސް ނުހުޅުވާ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ކުރީ ސަރުކާރުން ބިނާ ކުރަން ފެއްޓި އިސްލާމީ މަރުކަޒު އެއްކޮށް ނިމުނުތާ 1 އަހަރާއި 4 މަސް ވީއިރުވެސް ނުހުޅުވާކަން ހާމަވެއްޖެއެވެ.

2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން އެ މަސައްކަތް ހަވާލު ކުރީ އެސްޖޭ ކޮންސްޓްރަކްޝަން އާއިއެވެ. 25 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން ބިނާކުރި އިސްލާމީ މަރުކަޒަކީ 1000 މީހުންގެ ޖާގައިގެ ތަނެކެވެ. އެތަނުގައި ނަމާދު ކުރާ ބައިގެ އިތުރުން، ކްލާސް ރޫމާއި، މަލްޓި ޕާޕޯސް ހޯލަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ބައެއްވެސް ހުރެއެވެ.

އެސްޖޭ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިހާދު އިބްރާހިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރ. އުނގޫފާރު އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމައި ހަވާލު ކުރިފަހުން 1 އަހަރާއި 4 މަސްވެގެން ދިޔައިރު އެތަން ނުހުޅުވިގެން އުޅެނީ ކުރީ ސަރުކާރުގެ ޕްރޮޖެކްޓަކަށް ވީމަތޯ އިސްލާމިކް މިނިސްޓަރުގެ އަރިހުން ސުވާލު ކުރުމަށް އެދިފައެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގިނަ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތްތަށް ނިމިފައި ވިޔަސް މިހާރުގެ ސަރުކާރުން ދަނީ އެ މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ދެކޮޅު ހަދަމުންނެވެ. މިގޮތުން ސަލްމާން މިސްކިތްވެސް އަދިވެސް ނުހުޅުވާއިރު، ދަރުމަވަންތަ ހޮސްޕިޓަލްވެސް ރަސްމީކޮށް އަދިވެސް ނުހުޅުވައެވެ.

މި ލިއުމާއި ގުޅޭ