Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

މާލޭގައި މަޖާ ކުރާ މަރުކަޒެއް ހެދުމަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަނީ

މާލޭގައި ޒުވާނުންނަށް ހާސްކަމެއް ނެތި ސަމާސާކޮށްލައި އެއްވެ ތިބެވޭނެ މަރުކަޒެއް ޤާއިމްކޮށް ދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށައެޅުއްވި ގަރާރު ދިރާސާ ކުރުމަށްފަހު އިޖުތިމާއީ ކޮމިޓީން ނިންމީ ކޮމިޓީއަށް ހާޒިރުވި މެމބަރުންގެ އިއްތިފާގުންނެވެ. މިގޮތުން އެ ނިންމުމުގައި ބުނެފައިވަނީ ޒުވާނުންނަށް ފަސޭހަ ކަމާއި އެކު މިއުޒިކު އަޑު އަހާލާ، އެކުވެރިންނާ ބައްދަލުކޮށް، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އިން އިސްނަގައިގެން ގާއިމުކޮށްދިނުމަށް ގޮވާލުމަށް ނިންމާފައިވާކަމަށެވެ.

މި ގަރާރުގައި މި ބުނާ މަރުކަޒަކީ ބޭރު ޤައުމުތަކުގައި ހުންނަ ކްލަބުތައް ކަމަށް ލަފާވެއެވެ. މިހާރުވެސް ރާއްޖޭގައި ލަވަ ޖެހުމާއި، އެކުވެރިންނާއި ބައްދަލުކޮށް ހީ ސަމާސާ ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ނޫނެވެ. އަދި އެކިއެކި މުނާސަބަތުތަކާއި ގުޅުވައި ރާއްޖޭގައި މިއުޒިކު ޝޯތައްވެސް ބާއްވައެވެ. އެހެން ނަމަވެސް ކްލަބުތައް ރާއްޖޭގައި ނުހުރެއެވެ. އަދި އެއީ ރާއްޖޭގެ ސަގާފަތާއި، އިސްލާމްދީނާއިވެސް ބީރަށްޓެހި ކަމެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން 2013 ގައި ރައީސް ނަޝީދުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައިވެސް ބިރަކާއި ނުލާ މަޖާކުރުން ހިމަނާފައިވެއެވެ.

މި ލިއުމާއި ގުޅޭ