Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗެކް ރިޕަބްލިކް

ޗެކް ރިޕަބްލިކްގެ އެންމެ މުއްސަނދި މީހާ މަރުވެއްޖެ

ޗެކް ރިޕަބްލިކްގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ޕީޓަރ ކެލްނާ މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައެވެ. އެމެރިކާގެ އަލަސްކާގައި ހިންގި މިހާދިސާގައި އުމުރުން 56 އަހަރުގެ ޕީޓަރ މަރުވެފައިވަނީ 27 މާޗުގެ ވަގުތެއްގައެވެ. އޭނާގެ މިލްކިއްޔާތުގައި ހުރި މުދަލުގެ އަގު 52 ބިލިއަން ޑޮލަރަށް އަރައެވެ. އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕީޓަރ ހުރީ އަލަސްކާގެ ސަރަހައްދެއްގައި ހުރި ރިސޯޓެއްގައި ޗުއްޓީއެއްގައެވެ.

ޕީޓާ އަކީ ރާއްޖޭގައި ހިންގާ ވެލާ ރިސޯޓުގެ އޯނަރާއި އެކުވެސް ބައެއް ވިޔަފާރިތައް ހިންގާ މީހެކެވެ. އަދި އޭނާގެ ވިޔަފާރިތަކުގެ ތެރޭގައި، ޓެލެކޮމިއުނިކޭޝަން، ބައޯޓެކްނޮލޮޖީ، މީޑިއާ އަދި އެހެނިހެން ސިނާއީ މަސައްކަތްތައް ހިމެނެއެވެ.

އަދި އޭނާ އަކީ ވަރަށް ޒުވާން ދުވަސްވަރުގައި ވަރަށް އަވަހަށް މުއްސަނދި ވި މީހެކެވެ.

މި ލިއުމާއި ގުޅޭ