Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

ތަޝްކީލް: ތުރުކީގެ ޖާސޫސީ އިދާރާގެ މަސައްކަތްތައް ބުނެދޭ ސިލްސިލާ

ފާއިތުވި އާދީއްތަ ދުވަހު ތުރުކީގެ ދައުލަތުގެ ޓީވީ ޗެނަލް ޓީއާރްޓީ-1 އިން ގެނެސްދޭން ފެށި "ތަޝްކީލާތު" ސިލްސިލާގެ ފުރަތަމަ އެޕިސޯޑުން ފެނުނީ ތުރުކީގެ ޖާސޫސީ އިދާރާއިން ކުރާ މަސައްކަތްތަކާއި ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ ބައެއް އޮޕަރޭޝަންތަކުގެ ވާހަކައެވެ. މިއީ ތުރުކީގެ ޖާސޫސީ އިދާރާގެ ތެރޭގައި ހިނގާ ސިއްރު މަސައްކަތްތައް އާންމުންނަށް ފެންނާނެ ގޮތަކަށް ތައްޔާރުކުރެވުނު ފުރަތަމަ ސިލްސިލާ ޑުރާމާއެވެ.

ފުރަތަމަ އެޕިސޯޑުގައި ދައްކުވައިދިނީ ބޮމެއް ގޮއްވާލައިގެން ދޭން ރޭވި ހަމަލައެއް ނާކާމިޔާބުކޮށްލި ގޮތެވެ. ދެން ފެނުނީ ހައްޔަރުކުރަން ޖެހޭ މީހަކު ރަހީނުކުރި ތަނެވެ. އަދި ތަޞްނީޢު ނަމަކަށް ކިޔާ މުއައްސަސާއެއްގައި މަސައްކަތްކުރި އިންޖިނިއަރުންތަކެއް ޤަތުލުކުރި ގޮތެވެ. މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑު ގިނަ ބަޔަކު ބަލާފައިވެއެވެ. އަދި އެ އެޕިސޯޑާ ގުޅޭ ގޮތުން ގިނަ ބަޔަކު މީސްމީޑިޔާގައި ޚިޔާލު ފާޅުކުރިއެވެ.

އެގޮތުން ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ މި އެޕިސޯޓުގައި އެކުލެވިގެންވާ "ސަސްޕެންސް"އެވެ. އަދި ހުށަހަޅައިދިނުމުގެ ފުރިހަމަކަމާއި ވާހަކަ އެކުލަވާލާފައިވާ ގޮތުން ނޭވާހިފަހައްޓައިގެން ތިބެންޖެހޭ ގޮތަށް މުޅި ވާހަކަ ބިނާކުރވި ކުރިއަށް ގެންދެވުނު ކަމެވެ. ޓީއާރުތީ ޗެނަލުގެ ޑިރެކްޓަރު އިބްރާހީމް އިރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރުމެންނަށް އެއީ ކޮން ބައެއްކަން ނޭނގޭ ބަޠަލުން އެބަތިބި ކަމަށެވެ. އެ ބަޠަލުންގެ ވާހަކަ ކޮންމެ އާދީއްތަދުވަހެއްގައި "ތަޝްކީލާތު" މި ސިލްސިލާގައި ގެނެސްދޭނެ ކަމަށެވެ.

"ކޯއްޓޭ" ނުވަތަ ތުރުކީ ބަހުން ކާލޭގެ ނަންދެވިފައިވާ ތުރުކީގެ ޖާސޫސީ އިދާރާ ހުންނަ އިމާރާތުގެ މަންޒަރުތައް ފުރަތަމަ ފަހަރަށް މި ސިލްސިލާއިން ފެންނާނެއެވެ. އެ އިމާރާތަކީ އެތަނެއްގައި ތުރުކީގެ ޖާސޫސީ އިދާރާގެ މަސައްކަތްތައް ސިއްރިއްޔާތުގައި ހިންގާ ތަނެވެ.

"ތަޝްކީލާތު" ސިލްސިލާގައި ފެންނާނީ ތުރުކީގެ ޖާސޫސީ އިދާރާގެ 7 މުވައްޒަފަކު އެ މީހުންގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރާ ތަނެވެ. މި ސިލްސިލާ ފެށުމުގައި ބޭނުންކުރާ އިބާރާތް ކަމުގައިވާ "އެމީހުން މަރުވުމުގެ ކުރިން، މުޅި ދުނިޔެއާ ދެކޮޅަށް ތެދުވުމަށްޓަކައި މަރުވި"، މި އިބާރާތުން މި ސިލްސިލާގެ ވާހަކަ ބިނާކޮށްފައިވާ ގޮތް ކުރުކޮށް ޚުލާޞާކުރެވެއެވެ.

މި ސިލްސިލާގައި ދައްކުވައިދޭނެ ޙާދިސާތަކުގެ ތެރޭގައި އަންކަރާއާއި އިސްތަންބޫލުގައި ދިން ބޮމުގެ ހަމަލާތައް ހިމެނޭނެއެވެ. އެއީ ދާޢިޝްއިން އެ ހަމަލަތަކުގެ ޒިންމާ އުފުލާފައިވާ ހަމަލަތަކެކެވެ. އަދި ބޭރުގެ އެކި ޤައުމުތަކުގައި، ޚާއްޞަކޮށް ސޫރިޔާގެ އުތުރާއި، ލީބިޔާ އަދި އަޒަރުބައިޖާނުގައި ތުރުކީގެ ޖާސޫސުން ހިންގާފައިވާ އޮޕަރޭޝަންތަކުގެ ވާހަކަ ފެންނާނެއެވެ.

އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި މި ސިލްސިލާއިން ފެންނާނީ 2016 ވަނަ އަހަރު ގެ ޖުލައި 15 ވަނަ ދުވަހު ގެންނަން އުޅުނު އިންޤިލާބާއި އެ އިންޤިލާބު ފެއިލްވެގެން ދިޔަ ގޮތާއި އެއަށްފަހު ހިނގި ހާދިސާތަކެވެ. މި އިންޤިލާބު ގެނައުމަށް ކުރި މަސައްކަތުގައި 250 މީހުން މަރުވިއެވެ.

މި ލިއުމާއި ގުޅޭ