Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

އެސްޓްރާ ޒެނެކާ ވެކްސިން ދިނުން ޑެންމާކުގައި ހުއްޓާލައިފި

ޑެންމާކުގައި އެސްޓްރާ ޒެނެކާ އިން އުފެއްދި ކޮވިޑު-19 ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ޑެންމާކުގައި އެސްޓްރާ ޒެނެކާ ވެކްސިން ދިނުން ހުއްޓާލާފައިވަނީ 2 ހަފްތާގެ މުއްދަތަށެވެ. ވެކްސިން ދިނުން ހުއްޓާލާފައިވަނީ އެ ވެކްސިން ޖެހި ބައެއް މީހުންނަށް ދިމާވި ސިއްހީ މައްސަލަތަކަކާއި ގުޅިގެންނެވެ. މިގޮތުން ލޭ ގަނޑުވުން (ބްލަޑް ކްލޮޓިން) ފަދަ ކަންކަން ދިމާވެފައިވެއެވެ. ޑެންމާކުގެ ހެލްތު މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެ ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓާލީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި ވެކްސިން އާއި ލޭ ގަނޑުވުމާއި ގުޅުމެއް ހުރިކަން އެނގޭނީ އިތުރު ތަހުގީގުތަކަށް ފަހުގައިކަމަށެވެ.

މި ތަހުގީގުތަކުގައި ވެކްސިން ޖެހުމަށްފަހު މަރުވި މީހެއްގެ މައްސަލަވެސް ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން އޮސްޓްރިއާ، ލިތުއޭނިއާ، ލަގްޒަމްބާގް، އެސްޓޯނިއާ އަދި ލެޓްވިއާ އިން ވަނީ އެސްޓްރާ ޒެނެކާގެ ބައެއް ބެޗުތަކުގެ ވެކްސިން ދިނުން ހުއްޓާލާފައެވެ.

އީޔޫގެ ވަރަށް ގިނަ ޤައުމުތަކުގެ މީހުންގެ މެދުގައި އެސްޓްރާ ޒެނެކާ ވެކްސިން އާއި މެދު އޮންނަ އިތުބާރު ކުޑަކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ