Saturday 16th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ތަރައްޤީގެ މަޝްރޫއުތަކަށް ބަޖެޓުކުރި ފައިސާގެ 50 އިންސައްތަވެސް މިއަހަރު ހަރަދު ނުކުރޭ!

ސަރުކާރުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ޕީއެސްއަައިޕީ (ތަރައްޤީގެ މަޝްރޫއު) ތަކަށް ކަނޑައެޅި ބަޖެޓުގެ 50 އިންސައްތަވެސް ހަރަދުނުކުރާ ކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު އާންމު ކުރި ހިސާބުތަކުން ދައްކާގޮތުން ތަރައްޤީގެ މަޝްރޫއުތައް ހިންގަން މިއަހަރަށް ބަޖެޓު ކުރި 7.2 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުކޮށްފައިވަނީ އެންމެ 3.4 ބިލިއަން ރުފިޔާއެވެ. މިއީ އެ ބަޖެޓުގެ 48 އިންސައްތައެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓު ކުރި ފައިސާ ހަރަދު ނުކޮށް ހުރުމުން ދޭހަވަނީ މިއަހަރު އެފަދަ މަޝްރޫއުތައް ހިންގިފައިވަނީ މަދުންކަމެވެ. އެމްއެމްއޭއިން އާންމު ކުރި މިދިޔަ ނޮވެމްބަރު މަހުގެ އިޤްތިސާދީ ހާލަތާއި ގުޅޭ ރިޕޯޓުން ދައްކާ ގޮތުން ރާއްޖޭގެ އިޤްތިސާދު ކުރިއަރާ މިންވަރުވެސް ވަނީ ކުރިން ލަފާކުރި ވަރަށްވުރެ ދަށްވެފައެވެ. އަދި މައިގަނޑުގޮތެއްގައި ދަށްވެފައިވަނީ ސަރުކާޜުން ހިންގާ މަޝްރޫއުތައް މަދުވުމުގެ ސަބަބުންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ބަޖެޓުން ބޮޑު ބައެއް ހަރަދު ނުކުރި ނަމަވެސް، ސަރުކާރުން ވަނި އިތުރު މަޝްރޫއުތައް ހިންގަން ކަމަށް ބުނެ 1.6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއްވެސް ފާސްކޮށްފައެވެ. ނަމަވެސް މަޝްރޫއުތަކަށް ވުރެ ގިނައިން ސަރުކާރުން މިއަހަރު ހަރަދުކޮށްފައިވަނީ ހިންގުމުގެ ކަންކަމާއި ގުޅޭ ހަރަދަށް ކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ދަތުރު ކުރުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރެވުނު އިރު ސިޔާސީ މުވައްޒަފުންގެ މުސާރައަށްވެސް ބޮޑު އަދަދެއް ހަރަދުކޮށްފައިވެއެވެ. އަދި އެކިއެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ދީފައެވެ.

މި ލިއުމާއި ގުޅޭ