Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ޚިދުމަތް ހޯދޭނެ ގޮތް ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަންސް (އީސީ)އިން ޚިދުމަތް ހޯދުމަށް ބޭނުންވާ މީހުން އެ ކޮމިޝަނަށް ހާޒިރުވެ ޚިދުމަތް ހޯދަންޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

އެގޮތުން މާދަމައިން ފެށިގެން އިލެކްޝަންސް ކޮމިޝަނުން ދޭ ޚިދުމަތްތައް ލިބޭނީ އެ ކޮމިޝަނަށް އައިސްގެން ކަމަށް އީސީން ބުނެފައިވެއެވެ. އެގޮތުން އެ ކޮމިޝަނަށް ހާޒިރުވެ ޚިދުމަތް ހޯދޭނެ ވަގުތެއް ކަމަށް ކޮމިޝަނުން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 8.00 އިން ހަވީރު 4.00 އާ ހަމައަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ބާ ޖަމާލުއްދީނުގައި ހުންނަ އެ ކޮމިޝަނުގެ އޮފީހުންނެވެ. އަދި ހާޒިރުވާ އެންމެނަށް ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް އެ ކޮމިޝަނުގެ އީމެއިލް އަދި އީ ގަވަމެންޓު މެދުވެރިކޮށް ލިޔެކިޔުން ފޮނުވޭނެކަމަށް އީސިން ބުނެފައިވެއެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އިންތިޚާބާ ގުޅޭ ގޮތުން އާންމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު އެ ކޮމިޝަނުންވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް ޙާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު އެ ކޮމިޝަނުން ހުޅުވާލާފައިވާއިރު މި ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭޕްރީލް މަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު އިލެކްޝަންސް ކޮމިޝަނުންވަނީ ހުޅުވާލާފައެވެ.

މި ލިއުމާއި ގުޅޭ