Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިޔާސީ

ދީނީ ހިޔާލުތަކަށް ޖާގަ ނެތް ކަމަށް ބުނެ ސަލަފްގެ ރައީސް ކަންބޮޑުވުން ފާޅުކޮށްފި

ދީނާ ހިލާފު ވާހަކަތަކަށް ރާއްޖޭގައި ޖާގަ އޮތް ނަމަވެސް ދީނީ ހިޔާލުތަކަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ބުނެ ޖަމިއްޔަތުލް ސަލަފްގެ ރައީސް ބިން ޖަނާބު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބިން ޖަނާބު މިފަދައިން ކަންބޮޑުވުންފާޅު ކޮށްފައި މިވަނީ އަދާލަތު ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޢިޔާޒް އެމްއެންޔޫއިން ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ސަލަފްގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 27ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ކޮންމެ މީހަކަށް ވެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިފައިވާ ކަމަށެވެ.
އެގޮތުން ދީނާއި ހިލާފު ކޮންމެ ވާހަކައެއް ދެއްކުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަ ކަމަށް ފާހަގަކުރައްވާ ބިން ޖިނާބު ވިދާޅުވީ ދީނީ ރޮނގުން ފާޅުކުރެވޭ ހިޔާލަށް ރާއްޖޭގައި ޖާގަ ނޯންނަ ކަމަށެވެ.
ޑރ. އިޔާޒު ސަސްޕެންޑު ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އޭނާ ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ޑރ. އިޔާޒު ދައްކަވާ ވާހަކަތަކާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ގިނަ އެކްޓިވިސްޓުން އަންނަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ. އަދި އެމީހުން ވަނީ މީގެކުރިންވެސް ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފާގައި ބަހައްޓާތީ އެކަމާއި ވެސް ކަންބޮޑުވުންފާޅު ކޮށްފައެވެ.
ނަމަވެސް ޑރ. އިޔާޒު އަންނަނީ ދީނީ ގޮތުން އޭނާ އެކި ކަންކަމުގައި ގެންގުޅޭ ހިޔާލުތައް އާއްމުންނާއި ހިއްސާ ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ