Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

މޯލްޑިވިއަންގެ މުވައްޒަފުންގެ މެދުގައި އުސޫލުތައް ހިފަހައްޓަން ސަރުކާރަށް ސަޢީދު ގޮވާލައްވައިފި

މޯލްޑިވިއަންގެ މުވައްޒަފުންނާމެދު މުއާމަލާތްކުރުމުގައި ކުންފުނީގެ އެތެރޭގެ އުސޫލުތައް ހިފަހައްޓަން ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ސަޢީދު މިފަދައިން ވިދާޅުވެފައިވާއިރު މޯލްޑިވިއަންގެ ޕައިލެޓުންވަނީ އިހުތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލާފައެވެ. ޕައިލެޓުން މަސައްކަތް ހުއްޓައިލީ މޯލްޑިވިއަންގެ ޗީފް ޕައިލެޓަކަށް ހުންނެވި މުސްތަފާ މަންސޫރު އެއްވެސް ނޯޓިސް އަކާއި ނުލާއި ވަކިކުރުމުގެ ސަބަބުންނެވެ. އަދި އޭނާ ވަކި ކުރުމަށްފަހު ޓްރެއިނިން ހެޑް ގެ ގޮތުގައި ހުންނެވި އަލީ ޝާހިދު ވަނީ އެ މަޤާމަށް އައްޔަންކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސަޢީދު ވިދާޅުވީ މި ސަރުކާރުގެ ހުރިހާ ދިމާލަކަށް "ރޯޔަލް ފެމިލީ" ވަދެ މުޅި ނިޒާމަށް ނުފޫޒު ފޯރުވުމަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ޢާންމު، އެ ސަރުކާރަށް ޚާއްޞަ ޞިފައަކަށް މިހާރުވެފައިވާ ކަމަށެވެ.
މީގެ ކުރިންވެސް މޯލްޑިވިއަންގެ ވެރިންގެ ގޮތުގައި މި ސަރުކާރުން ކަނޑައެޅި ފަރާތްތަކުގެ ޤާބިލުކަމާއި، އެ ފަރާތްތަކުގެ ހިންގުންތެރިކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ. ކުރީގެ މެނޭޖިން ޑިރެކްޓަރު ރިޒްވީގެ ނާޤާބިލުކަމުން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވިއެވެ.
މި މައްސަލައަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓުގައި މެންބަރު ސަޢީދު ސަރުކާރަށް ގޮވައިލެއްވީ، މޯލްޑިވިއަންގައި މުވައްޒަފުންގެ މެދުގައި ހިފަހައްޓާ އުޞޫލުތައް ނެގެހެއްޓުމަށެވެ. އަދި އެ ކުންފުނީގެ މިނިވަންކަން ދެމެހެއްޓުމަށް ގޮވައިލައްވާ ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ