Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ލައިވްކޮށް ކިތަންމެ ކޮމިޓީ ބައްދަލުވުމެއް ބޭއްވިނަމަވެސް ހަގީގަތް އޮޅުވައިނުލެވޭނެ: ޣައްސާން

ރައްޔިތުންގެ މަޖިލިހުގެ ކިތަންމެ ކޮމިޓީ ބައްދަލުވުމެއް ލައިވުކޮށް ބޭއްވި ނަމަވެސް ޙަޤީޤަތެއް އޮޅުވައިނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކޮޅުމަޑުލު ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
މިފަދައިން ޣައްސާން ވިދާޅުވީ މިއަދު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ވަގުތުން ދުރަށް ދައްކައިގެން ކުރިއަށް ގެންދާ ބައްދަލުވުމަށް އިޝާރާތްކޮށެވެ. ފުލެޓު ކޮމިޓީއާއި ހައުސިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލު ބައިވެރިވެގެން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
އެގޮތުން ކުރީ ސަރުކާރުން ފުލެޓުގެ ހައްގުވެރިންނަށް ވުޖޫދުގައި ނެތް 2،500 ފުލެޓެއް ދީފައިވާ ކަމަށް ވިދާޅުވެ، ކުރީ ސަރުކާރުގެ ވެރިންނަށް ދައުވާނުކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މި 2،500 ފުލެޓަކީ ސިނޯ ހައިޑްރޯ ކުންފުންޏާއި އެޗްޑީސީގެ މެދުގައިވި އެއްބަސްވުމެއްގެ ދަށުން ބިނާކުރަން ނންމި ފުލެޓެވެ. އެ ފުލެޓުތައް ދޫކުރީ ސިންގަޕޫރުގެ ހައުސިން ޑިވެލޮޕްމެންޓު ބޯޑުން ސޯޝަލް ހައުސިން ފޯރުކޮށްދިނުމަށް ގެންގުޅޭ "ބިލްޑް ޓު އޯޑާ" މޮޑެލްއަށެވެ.
އެ ފުލެޓުތައް ވުޖޫދުން ނެތިގެން ދިޔައީ މި ސަރުކާރުން އެ އެއްބަސްވުން ފަހިދިރިއުޅުން ކޯޕަރޭޝަނަށް ބަދަލުކޮށް އެއްބަސްވުމަށް ގެނައި ބަދަލުތަކެއްގެ ސަބަބުންކަން ފާހަގަަކޮށްލެވެއެވެ.
ޣައްސާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީންވި ވަޢުދުދުތައް ހަނދުމަފުޅު އެބަހުރި ކަމަށެވެ. އަދި އެއްވެސް ކަމެއް ޙާޞިލުކުރެވޭތަން ނުފެންނާތީ އެ ވަޢުދުތަކަކީ ހޮޅި ވަޢުދުކަން މިއަދު އެންމެންވެސް ދަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލައިވްކޮށް ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ޚިދުމަތާއި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ފުއްދެވި ވަޢުދުތައް މިހާރުވެސް ފެންނަން އެބަހުރި ކަމަށް ޣައްސާން ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ