Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢާންމުންގެ އެކުވެރި ގުޅުން

އާންމުންގެ ޖަމްޢިއްޔާގެ މެންބަރުން ކޮމިޓީއަށް ނުވެއްދުމުން އިހުތިޖާޖުކުރަނީ

މިއަދު މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ކުރިއަށް ގެންދާ ބައްދަލުވުމަށް ނުވެއްދުމާ ގުޅިގެން އާންމުންގެ އެކުވެރިކަމުގެ ގުޅުމުން އިހުތިޖާޖުކުރަން ފަށައިފިއެވެ.
މަޖިލިސް ކޮމިޓީ ބައްދަލުވުމަށް ވަނުމަށް ގާތްގަނޑަކަށް 50 ވަރަކަށް އާންމުން ދިޔަ ނަމަވެސް އެތަނަށް ވަދެވޭނީ 20 މީހުންނަށް ކަމަށް މަޖިލިހުގެ ސެކިއުރިޓީން އެންގިއެވެ. މަޖިލިހުގެ އެތެރެއަށް 20 މީހުން ވަނުމަށްފަހުގައި ކޮމިޓީގެ މުޤައްރިރު 10 މީހުން ވެއްދެވުމަށް ނިންމަވާފައިވާ ކަމަށް މަޖިލިހުން އެންގިއެވެ. އަދި ކޮމިޓީއަށް ވަނުމަށް އިންތިޒާރުކޮށްގެން ތިއްބައި ކޮމިޓީއަށް ވަދެވޭނީ ފަސް މީހުންނަށް ކަމަށް އެންގުމުން އެ މީހުންވަނީ މަޖިލިސް ދޫކޮށް ނުކުމެފައެވެ.
އެއަށްފަހު މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި އާންމުންގެ ޖަމްޢިއްޔާއިން އަޑުއުފުލައި އިހުތިޖާޖުކުރަން ފެށުމުން އެތަނަށް ފުލުހުން އައިސް، އެތަނުން ދުރަށް ދިއުމަށް އެންގިއެވެ. އެހިސާބުން އާންމުންގެ ޖަމްޢިއްޔާގެ އިހުތިޖާޖުވަނީ އިސްލާމިކް ބޭންކު ހުންނަ ސަރަހައްދާ ހަމައަށް ފަހަތަށް ޖައްސާފައެވެ. ނަމަވެސް އެތަނަށް ފުލުހުން އައިސް އެތަނުން ދުރަށް ދިއުމަށް އަންގައި އެތަނުގައި ނުތިބެވޭނެ ކަމަށް ބުނެފައިވެއެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުގެ ތަރައްޤީއާއި ތަރިކަ ކޮމިޓީއަށް ސަރުކާރުގެ އަދި ދައުލަތުގެ ގިނަ އިދާރާތަކެއް ހާޒިރުކޮށްފައިވަނީ ހިޔާ ފުލެޓު ލިސްޓު އެކުލަވައިލުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އެ ކޮމިޓީގެ މެންބަރު ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައިގެންނެވެ.
މި ލިއުމާއި ގުޅޭ