Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

އަލީ ވަހީދު ފްރޭމްކުރީ ކަމަށް ޒަރީރު ވިދާޅުވެއްޖެ

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ކުރީގެ ވަޒީރު ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް އަދި އޭނާވަނީ ފުރޭމްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާ މެންބަރު ޙަސަން ޒަރީރު ތުހުމަތުކުރައްވައިފިއެވެ.
ޒަރީރު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައެވެ. ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން މަޖިލިހުގެ އަންހެން 4 މެންބަރުން މަޖިލިހަށް ހުށަހެޅުއްވުމުން އެ މައްސަލަ ދަނީ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީން ބަލައި ދިރާސާކުރަމުންނެވެ.
އެއް ކަމަކަށް އެބައިން 7 ދައުވާއެއް. އަތް ލާން އުޅުނުކަމާ، އުޅެފާނެ ކަމާ ފަހަތުން ދުއްވައިގެން ކަމާއި ދުއްވައި ގަނެފާނެ ކަމަށްޓަކާވެސް. އެހެންމަ މީގަ ޖުމްލަ ގޮތެއްގައި އަޅުގަނޑަށް ފެނިގެންދަނީ ސިޔާސީ ގޮތުން ކުރެވުފައިވާ ދައުވާތަކެއް ކަން. މިގޮތަށް ފްރޭމް ކުރެވިގެން މިކަހަލަ ދައުވާތައް ކުރެވިފައިވާނަމަ އެއީ ވަރަށް ބޮޑު އިޝޫއެއް.
މެންބަރު ޒަރީރު
އަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމުގައި ދެކެވަޑައިގަންނަވާ ސަބަބެއް ކަމަށް ޒަރީރު ވިދާޅުވީ އޭނާގެ މައްޗަށް 7 ދައުވާއެއް އުފުލާފައިވުމެވެ. އަދި ފުރޭމްކޮށްގެން މީހުންގެ މައްޗަށް އެފަދަ ދައުވާ އުފުލާނަމަ އެއީ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި މައްސަލާގައި މީހުން ދީފައިވާ ހެކިބަހާއި ފުލުހުންގެ ތަހުގީގުން އެނގުނު ކަންކަމާ ފުށުއެރުންތަކެއް ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި އެކަންކަމުގެ ސަބަބުން މި މައްސަލާގައި ކަން ހިނގި ގޮތާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރާވައިގެން މީހުންގެ ބޮލުގައި ބޮޑެތި އިލްޒާމު އެޅުވުމަކީ ކުރާ ކަމެއް ކަމަށާއި އެކަމަށް ސަމާލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަލީ ވަޙީދުގެ މައްޗަށް 7 ދައުވާއެއް ކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުވެ، އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ޕީޖީއަށް ފޮނުވުމުންނެވެ. އެ މައްސަލާގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ޕާސްޕޯޓު ދޫކުރަން ކުރިމިނަލް ކޯޓުން ނިންމުމުން އޭނާވަނީ އިނގިރޭސިވިލާތަށް ތުރުކީ މަގުން ވަޑައިގެންފައެވެ.
މި ލިއުމާއި ގުޅޭ