Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ދަރަނި

ދައުލަތުގެ ޖުމްލަ ދަރަނި 79 ބިލިއަނަށްވުރެ މައްޗަށް އަރައިފި

ދައުލަތުގެ ޖުމްލަ ދަރަނި 79 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް 2020 ވަނަ އަހަރުގެ 3 ވަނަ ކުއާޓާގެ ނިޔަލަށް އަރާފައިވާކަން މާލީވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ހާމަވެއްޖެއެވެ.
ޖުމްލަ ދަރަނި 79.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އޭގެ ތެރެއިން 38.1 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަނީގެ ގޮތުގައި 41.7 ބިލިއަން ރުފިޔާގެ ދަރަނި ރެކޯޑުކުރެވިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި އުޅެނީ 138 އިންސައްތައިގައެވެ.
ބަޖެޓު ފޫބެއްދުމަށް ސަރުކާރުން ނެގި ދަރަނީގެ މިންވަރު 2020 ވަނަ އަހަރުގެ 3 ވަނަ ކުއާޓާގައިވަނީ 63.6 ބިލިއަނަށް އަރާފައެވެ. 2018 ވަނަ އަހަރުގެ ނިޔަލަށް ބަޖެޓަރީ ދަރަނީގެ ގޮތުގައި ހިމެނެނީ 48.2 ބިލިއަން ރުފިޔާއެވެ. ދައުޔލަތުން ގެރެންޓީ ދީފައިވާ ދަރަނި 16.2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. 2018 ވަނަ އަހަރު އެ މިންވަރު ހުރީ 12.05 ބިލިއަން ރުފިޔާގައެވެ.
ދަރަނީގެ ހިސާބުތަކަށް ބަލާއިރު ބަޖެޓަރީ ދަރަނީގެ ގޮތުގައި 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ ނިޔަލަށް ރެކޯޑުކުރެވިފައިވާ 63.6 ބިލިއަން ރުފިޔާގެ ތެރެއިން ބޭރުގެ ދަރަންޏަކީ 22.8 ބިލިއަން ރުފިޔާއެވެ. އަދި އެތެރޭގެ ދަރަނީގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 40.7 ބިލިއަން ރުފިޔާއެވެ. 2018 ވަނަ އަހަރުގެ ނިޔަލަށް ބޭރުގެ ދަރަނީގެ ގޮތުގައި ހިމެނުނީ 20.5 ބިލިއަން ރުފިޔާއެވެ. އަދި އެތެރޭގެ ދަރަނީގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 27.6 ބިލިއަން ރުފިޔާއެވެ.
ދަރަނީގެ ނިސްބަތް މިހާ ބޮޑަށް އިތުރުވެފައިވާއިރު، ތަފާތު އެކި މަޝްރޫޢުތައް ހިންގުމަށާއި، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ބޭރުންނާއި އެތެރެއިން ސަރުކާރުންވަނީ ގިނަ ލޯނުތަކެއް ނަގާފައެވެ.
މި ލިއުމާއި ގުޅޭ