Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

މަތިން މާކުސް ލިބުނީ ޕާޓީއަކަށް ނިސްބަތްނުވާ ޝިފްޒާއަށް، ވޯޓުން ހޮވީ އެމްޑީޕީގެ ފަޒީން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ވޯޓު ދީގެން ފާސްކުރީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ފަޒީނެވެ. އޭނާއަކީ އެމްޑީޕީގެ މެންބަރެކެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތުޅާދޫ ދާއިރާގެ ޓިކެޓު ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީގައިވެސް ވާދަކުރެއްވިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި މެންބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވުމުން ނަންތައް ދިރާސާކޮށް މާކުސްދިނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން އެންމެ މަތިން މާކުސް ދީފައިވަނީ ވީޓީވީގައި އެ ޓީވީ ފެށި ދުވަހުން ފެށިގެން، ފާއިތުވި އަހަރާ ހަމައަށް މަސައްކަތްކުރެއްވި ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުޞްޠަފާއަށެވެ.
ނޫސްވެރިކަމުގައި ޝިފްޒާ ހޭދަކުރެއްވި 14 އަހަރު ހޭދަކުރެއްވީ ބްރޯޑްކާސްޓިން ދާއިރާގައެވެ. ނޫސްވެރިކަމުގައި 8 އަހަރު ހޭދަކުރެއްވި ފަޒީނު ރާއްޖެޓީވީއާ ގުޅިވަޑައިގެންނެވީ 2014 ވަނަ އަހަރުގައެވެ. އެހެންކަމުން ބްރޯޑްކާސްޓިން މީޑިޔާގައި އޭނާ އުޅުއްވީ ހައެއްކަ އަހަރުގައެވެ.
ޝިފްޒާއަކީ ނޫސްވެރިކަމުގެ ދާއިރާއިން އެވޯޑު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރެހެންދި އެވޯޑުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭގެ އިތުރަށް މީޑިޔާ ކައުންސިލުގެ މެންބަރުކަންވެސް އޭނާ ކުރެއްވިއެވެ. އަދި ފަޒީނާ ޚިލާފަށް އޭނާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ބޭކަބަލެކެވެ.
މި މައްސަލާގައި ކަންކުރި ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން)ވެސް ވަނީ ވަރަށް ބޮޑަށް ރުހިވަޑައިނުގެން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މިގޮތަށް ކަންކުރާނަމަ، ކޮމިޓީން ގިނަ ވަގުތު ހޭދަކޮށްގެން ބޭފުޅުންގެ ނަންތައް ދިރާސާކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެންމެ އާއިލާ ބޮޑު މީހާ ގެނެސް ތަންތަނަށް ލާ ގޮތަށް ޤަވާޢިދު ބަދަލުކޮށްލީމާ އެކަން ނިމުނީ ކަމަށްވެސް ޙުސައިން ވިދާޅުވިއެވެ.
އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެތައް ވަގުތެއް ހޭދަކޮށްގެން ބޭފުޅުންނާ އިންޓަވިއުކޮށް މާކުސްދީ ރިޕޯޓު އެކުލަވާލައިގެން ގެންދިއުމުން ކޮންމވެސް މެންބަރެއްގެ ދާއިރާގެ މީހަކަށް ނުވާތީ ނަމެއް ކަޓުވައިލާނަމަ، ކޮމިޓީ އުވައިލަން ޖެހޭ ކަމަށްވެސް އަނދުން ޙުސައިން ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބްރޯޑުކޮމްގައި ޕީޕީއެމްގެ މެންބަރުން ތިއްބަވައިގެން އެކަމަށް އެމްޑީޕީން އެއިރު ވަރަށް ބޮޑަށް ފާޑުކިއެވެ. އަދި ބްރޯޑުކޮމުގައި ތިއްބަވަންވާނީ ޕްރޮފެޝަނަލް ވަކި އަތަކަށް ނުޖެހޭ މީހުންކަމަށް ވަކާލާތުކުރިއެވެ.
މި ލިއުމާއި ގުޅޭ