Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

ލިކުއިފައިޑް ނެޗުރަލް ގޭސް ބޭނުންކުރުމުން ހަކަތައިގެ އަގުހެޔޮވާނެ: ޝަރީފު

ދިވެހިރާއްޖޭގައި ޕެޓްރޯލިއަމް ނުވަތަ ޑީސަލްގެ ބަދަލުގައި ލިކުއިފައިޑް ނޭޗުރަލް ގޭސް ބޭނުންކުރުމުން ހަކަތައިގެ އަގުހެޔޮވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު މިފަދައިން ވިދާޅުވީ އޭޑީބޭގެ އެހީގައި ރާއްޖޭގައި ލިކުއިޑިފައިޑް ނޭޗުރަލް ގޭސް ސްޓޭޝަނެއް ޤާއިމުކުރުމަށް ނިންމާފައިވާ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހުގެ ކްލައިމެޓް ޗޭންޖު ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ޑީސަލުގެ ކިއުބިކް މީޓަރަކުން 2100 ކިލޯ ގުރާމުގެ ކާބަންޑައި އޮކްސައިޑު ނުކުންނަ ކަމަށް ޝަރީފު ވިދާޅުވިއެވެ. އެހެންނަމަވެސް ނެޗުރަލް ލިކުއިޑިފައިޑް ގޭހުގެ ކިއުބިކް މީޓަރަކުން އުފައްދަނީ 2.05 ކިލޯގުރާމު ކަމަށާއި އެއީ ވަރަށް ބޮޑު ތަފާތެއް ކަމުގައި ޝަރީފު ވިދާޅުވިއެވެ. އަދި ފޮސިލް ފިއުލްގެ ބާވަތްތަކުގެ ތެރެއިން ތިމާވެއްޓާ އެންމެ ރަޙުމަތްތެރި ފިއުލަކީ ލިކުއިފައިޑް ނޭޗުރަލް ގޭސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ބެޓަރިއަށް ނުވަތަ އިރުގެ ހަކަތައަށް ރާއްޖޭގެ އިންޖީނުގެތައް ބަދަލުކުރެވެންދެން އެންމެ ޚަރަދު ކުޑަ އަދި ޖައްވަށް ވިހަ ގޭސް ދޫކުރާ މިންވަރު އެންމެ ކުޑަ ވަސީލަތެއްގެ ބޭނުންހިފުންތޯ ރަނގަޅީ ޝަރީފު ސުވާލުކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ