Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

މޮޓޯޖީޕީ ޗެމްޕިއަން ލޮރެންޒޯ ރާއްޖެ އަތުވެއްޖެ

ދުނިޔޭގެ މޮޓޯޖީޕީގެ ޗެމްޕިއަންކަން ތިން ފަހަރަށް ހޯދާފައިވާ މަޝްހޫރު ސައިކަލް ރޭސް ޖެހުންތެރިޔާ ޖޯޖް ލޮރެންޒޯ ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ މިއަދުއެވެ. މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ. ލޮރެންޒޯ ވެސް ވަނީ ރާއްޖޭގައި ރޭސް ޖެހުންތެރިންނަށް މަރުހަބާ ކިޔައިފައެވެ.

މީގެކުރިން ވެސް ލޮރެންޒޯ ވަނީ ރާއްޖެ އައިސްފައެވެ. އޭނާ މީޑިއާތަކާއި ވާހަކަދައްކަމުން ބުނީ ރާއްޖެ އަކީ ވަރަށް ހިތްގައިމު ތަނެއް ކަމަށާއި އަދި ދެވަނަ ފަހަރަށް ރާއްޖެ އާދެވުމުން އެކަމާ ވަރަށް އުފާކުރާ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރޭސް ޖެހުންތެރިންނާ ބައްދަލުވުމުން އެކަމާ ވެސް އޭނާ ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނީ ރޭސް ޖެހުންތެރިންނަށް އެންމެ މުހިއްމީ ފެންވަރު ރަނގަޅު ޓްރެކެއް ކަމަށެވެ. އަދި ރަނގަޅު ވަސީލަތްތައް ވެސް އެ މީހުންނަށް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޔޫތު މިނިސްޓަރު މަހްލޫފު ވަނީ ލޮރެންޒޯ ރާއްޖެ އައުމަކީ ރާއްޖޭގެ ރޭސް ޖެހުންތެރިންނަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ