Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މަލީޙު މަޖިލިހުގައި އިތުރުފުޅު ހެއްދިވަކަން އިމްތިޔާޒު ކޮމިޓީއަށް ސާބިތުވެއްޖެނަމަ ދައުވާކުރަން ފޮނުވާނަން: ނަޝީދު

މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު މަލީޙު ޖަމާލު މިއަދު މަޖިލިހުގައި ދެއްކެވި ވާހަކަފުޅުގައި އިތުރުފުޅު ހައްދަވާފައިވޭތޯ ބެލުމަށް މަޖިލިހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވާނެ ކަމަށާއި، އިތުރުފުޅު ހެއްދެވިކަން ސާބިތުވެއްޖެނަމަ، ދައުވާކުރަން ފޮނުވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މަލީޙުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް މަޖިލިހަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި މަލީޙު ދެއްކެވި ވާހަކަފުޅުގައި މަޖިލިހުގެ މެންބަރުންނަށް ތުހުމަތުތަކެއް އަމާޒުކުރައްވާފައިވަނިކޮށެވެ. އެގޮތުން މަޖިލިހުގެ ބައެއް މެންބަރުން ވަޒީރުންނަށް ބިރުދައްކަވާކަމަށް އޭނާވަނީ ތުހުމަތު ކުރައްވާފައެވެ.
ވަޒީރެއްގެ ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގައި ހަގީގަތާއި ޚިލާފު ވާހަކަފުޅު ދައްކަވާފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވޭނެ. އަދި އިމްތިޔާޒް ކޮމިޓީން އެކަން ސާބިތުވެއްޖެ ނަމަ، ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވޭނެ.
ރައީސް މުޙައްމަދު ނަޝީދު
މަލީޙުގެ މި ތުހުމަތުތަކާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފުވަނީ މިފަދަ ބޮޑު ތުހުމަތެއް މެންބަރުންނަށް އަމާޒުކުރައްވާނަމަ، އެކަމުގެ ހެކި ހާމަކުރައްވަންޖެހޭނެ ކަމުގައި ވިދާޅުވެފައެވެ. މަލީޙު ވިދާޅުވެފައިވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ބިރުދައްކާފައިވާ ކަމަށެވެ. ރައީސް ނަޝީދުވަނީ ޝިދާތާއަށް މެންބަރުން ބިރުދެއްކެވީ ކޮންތަނެއްގައިކަން ވިދާޅުވުމަށް އެދިވަޑައިގެންފައެވެ.
މިނިސްޓަރު އިތުރުފުޅު ހައްދަވައި އޮޅުވައިލައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލް ނަސީމް ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަލީޙު ޙަޤީޤަތާ ޚިލާފު ވާހަކައެއް ދެއްކެވިތޯ ބެލުމަށް އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވާނެ ކަމަށެވެ. އަދި އެކަން ބެލުމަށްފަހު، އިތުރުފުޅެއް ހެއްދެވިކަން ސާބިތުވާނަމަ، ކޯޓަށް ފޮނުއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ