Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު މަލީޙު

އިތުބާރު ނެތް މައްސަލައަކީ އަސާސެއް ނެތް މައްސަލައެއް: މަލީހު

އިތުބާރު ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އަސާސެއް ނެތް މައްސަލައެއް ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ 14 މެމްބަރެއްގެ ސޮޔާއި އެކު މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅުމުން، މިއަދު އެ މައްސަލާގައި ޖަވާބުދާރީ ވުމަށް މަޖިލީހަށް ހާޒިރުވެ ދެއްކެވި ވާހަކައިގައި މަލީހް ވިދާޅުވި ގޮތުގައި އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ ދޮގާއި މަކަރު އެކުލެވޭ، ޒާތީ އަދި ނަން ކިލަނބުކޮށްލަން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި މަޖިލީހަށް ވަޑައިގަތީ ވަޒީރުކަން ދިފާއު ކުރެއްވުމަށް ނޫން ކަމަށާއި، ވަޑައިގަތީ މާއްދާ 27 ގެ ދިފާއުގައި ކަމަށެވެ.
މަލީހު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހުރިހާ އިޖުރާއަތުތަކެއް ކުރިއަށް ގެންދިޔައީ ދޮގާއި މަކަރާއި އެކުގައި ކަމަށެވެ. މިގޮތުން މަޖިލީހުން އެމަނިކުފާނަށް ފޮނުވާފައިވާ މައްސަލާގައި ހުސް ކަރުދާސްތަކެއްވެސް ހިމެނޭކަމަށާއި، އޭގައި ވާއެއްޗެއް އަދި ނުވާއެއްޗެއްވެސް ސާފުނުވާކަމަށެވެ. އަދި އެ މައްސަލާގައި ވަޒީރުގެ ނަންފުޅުވެސް ބަޔާންކޮށްފައިވަނީ ނުބައިކޮށް ކަމަށާއި އެ މައްސަލައާއި ގުޅިގެން މަޖިލީހަށް ފޮނުވި ސިޓީއަށްވެސް އަދި މިހާތަނަށް ޖަވާބެއް ނުލިބޭކަން މަލީހް ފާހަގަކުރެއްވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި މަލީހުގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައިނުވާކަމުގެ ތުހުމަތެވެ. އެހެން ނަމަވެސް މަލީހު ވިދާޅުވީ އެ ޤަވާއިދު ތަކަކީ ރައީސް ސޯލިހްގެ ވެރިކަމުގެ 2 އަހަރު ތެރޭ ހަދާ ނިންމާފައިވާ ޤަވާއިދުތަކެއް ކަމަށެވެ. އަދި އެހެން ކަމުން، މިހާރު ހުށަހަޅާފައިވާ މައްސަލައިގެ އަސާސެއް ނެތް ކަމަށް މަލީހް ވިދާޅުވިއެވެ.
މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަލީހާއި ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީއިން 3 ލައިން ވިޕެއް ނެރެފައިވާއިރު އިދިކޮޅުން އަދި ވަކިގޮތެއް ނުނިންމައެވެ.
މި ލިއުމާއި ގުޅޭ