Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

އިބުރާގެ މާލެ ހައިއާ އެއްކޮޅަށް ހައިކޯޓުން ނިންމި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާޢީލް (އިބުރާ)ގެ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ހޯދަން އެދެވޭނެ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ކުރިން އެމްއީއެސް ސުކޫލު ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސުކޫލެއް ހިންގުމަށް މާލެ ހައިއާ ހަވާލުކުރުމަށް ސަރުކާރުން ހެދި އެއްބަސްވުން ބާޠިލުކުރުމާ ގުޅިގެން މާލެ ހައިއިން ހުށަހެޅި މައްސަލައެކެވެ. މި މައްސަލާގައި ހައިކޯޓުންވަނީ މާލެ ހައިއަށް ބަދަލު ހޯދުމަށް ދައުވާކުރެވޭނެ ކަމަށް ނިންމާފައެވެ. ހައިކޯޓުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއަދު ސުޕްރީމް ކޯޓުން އެ މައްސަލާގައި މިއަދު ހުކުމްކޮށްފައިވެއެވެ.
މާލެ ހައިއިން މައްސަލަ ތަންފީޒުކުރުމަށް ވަގުތީ އަމުރެއް ނެރުމަށް އެދުނު ނަމަވެސް ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައިނުވެއެވެ. އެ އަމުރު ނެރުމަށް މާލެ ހައިއިން އެދުނީ، މިހާރު އެ އިމާރާތުގައި ހިންގާ ސުކޫލުގެ ދަރިވަރުން އިތުރުވެ، ޓީޗަރުން ގިނަވެއްޖެނަމަ އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކެއްގެ ސަބަބުން، އެތަން ހުސްކުރަން އުދަގޫވެދާނެތީއެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނެވީ އުއްތަމަފަނޑިޔާރު މުޢުތަޞިމް ޢަދުނާނެވެ. ވަގުތީ އަމުރެއް ނެރުމުގެ ބަދަލުގައި ކޯޓުން ނިންމާފައިވަނީ މި މައްސަލަ މައުޟީޢީ ގޮތެއްގައި ނިންމުމަށެވެ. ވަކިވަކިން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް އުއްތަމަފަނޑިޔާރު މުޢުތަޞިމުގެ ރައުޔާގައި އަލިއަޅުއްވާލައްވާފައިވެއެވެ.
އުއްތަމަފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި އެއްބަސްވުމާ މާލެހައި ކުންފުނިން ޚިލާފުވިކަން ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށް ވިދާޅުވިއެވެ. އަދި މާލެހައިއާމެދު ސުކޫލެއް ހިންގަންވެވުނު އެއްބަސްވުނ ބާޠިލުކުރީ އެއްބަސްވުމަށް 6 އަހަރުވީ ފަހުން ކަމަށާއި އެ މުއްދަތުގައި މާލެ ހައިއާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެއްވިއެވެ.
އަދި އެއްބަސްވުން ބާތިލުކުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތެއް އޮތްކަމުގައި ޤަބޫލުނުކުރެއްވޭ ކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އަދި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް އެ ހުކުމް ބާތިލުކުރަން ޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމު އަދި އުއްތަމަފަނޑިޔާރުގެ އިއްތިފާޤުން ނިންމަވާފައިވެއެވެ.
މި ލިއުމާއި ގުޅޭ