Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ވަހީދު

ޕާޓީ އިން އެދިއްޖެ ނަމަ ރިޔާސީ އިންތިހާބަށް ނިކުންނާނަން: ވަހީދު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ ސަބަބުން 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ނުކުރެވިއްޖެ ހާލަތެއް ކުރިމަތިވެއްޖެ ހާލަތެއްގައި، އިދިކޮޅު ކޯލިޝަން އިން އެއްބަސްވާ ނަމަ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ "އަހާށޭ ބުނާނަން" ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ހުދު އެމަނިކުފާނު ވެސް އަދި އިދިކޮޅު ކޯލިޝަން އިން ވެސް ގަބޫލު ކުރަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި އިދިކޮޅުގެ މަސައްކަތްތައް ބައްޓަން ކުރަމުން ގެންދަނީ ވެސް އެފަދައިން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނަށް [ރައީސް ޔާމީނަށް] ކުރިމަތި ނުލެވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ޕާޓީ އިން ނިންމާނީ ގައުމަށް އަދި ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ. އަދި އެ އެންމެ ރަނގަޅު ގޮތަކީ ރައީސް ވަހީދު އެ މަގާމަށް ކުރިމަތިލުން ކަމަށްވާ ނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިދިކޮޅު ކޯލިޝަން އިން ބާއްވާނީ ޕްރައިމަރީ އެއް ކަމަށް ބެލެވޭ ކަމަށާއި ދެން ކަން ވެގެން ދާ ގޮތް އެނގިގެން ދާނީ އެ ޕްރައިމަރީ އިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ އެހުމުން އެމަނިކުފާނު ވިދާޅުވީ އެކަމާއި ގުޅިގެން އެއްޗެއް ދަންނަވަން އަދި މާ އަވަސް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ގައުމަށް ހިދުމަތް ކުރައްވަން ތައްޔާރަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
ޖަލަށް ވަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ "މިނިކާ ބާޒުތަކަކަށް" ޕާޓީ ދޫކޮށް ނުލެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ވަހީދު ވިދާޅުވީ ރައީސް ޔާމީން އެ ވިދާޅުވާ ފަދަ މިނިކާ ބާޒުތަކަކީ ސީދާ ރިޔާސީ އިންތިހާބަށް ޕާޓީ އަށް އަންނަ ބޭފުޅުން ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ އެޒާތުގެ ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ އަމިއްލަފުޅު ޕާޓީ 10،000 މެންބަރުންނަށް ހަމަ ކުރުމަށްފަހު 2013ވަނަ އަހަރު ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ބޭފުޅެއް ކަމަށް ވަހީދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ