Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލައިގެ އަޑުއެހުންތައް ލަސްވާތީ ހައިކޯޓުގެ އިސް ފަނޑިޔާރަށް ސިޓީއެއް

ދިވެހިރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި ދިވެހި ދައުލަތުން އެ މީހުންނަށް ކުރާ ހަރަދު ހޯދުމަށް "ދިޔަރެސް" ގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން، އެ މިނިސްޓްރީން އެ މައުލޫމާތު ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގައި އިލްތިމާސް ކުރުމުން، މިނިސްޓްރީއިން އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުން "ދިޔަރެސް" ނޫހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމެއް އަދި މިހާތަނަށް ބޭއްވިފައި ނުވާތީ "ދިޔަރެސް" ނޫހުގެ ވަކީލުންގެ ޓީމުން ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއަށް ސިޓީއެއް ފޮނުވައިފިއެވެ.
މި މައްސަލާގައި "ދިޔަރެސް" ތަމްސީލު ކުރައްވަނީ ދިވެހި ޗެމްބާސް ލޯފާމްގެ ފަރާތުން އުސްތާޛާ މަރިޔަމް ނިހާޔަތުއެވެ. އިސް ފަނޑިޔާރަށް ފޮނުއްވި ސިޓީގައި ނިހާޔަތު ވަނީ އެ މައްސަލަ ހުށަހަޅާ، މައްސަލަ ރެޖިސްޓްރީ ކުރިތާ ގިނަދުވަސްތަކެއް ވެފައިވާއިރުވެސް މައްސަލައާއި ގުޅިގެން ޝަރީއަތުން އެއްވެސް އަޑު އެހުމެއް ތާވަލްކޮށްފައި ނުވާތީ މައްސަލައިގެ އަޑު އެހުންތައް އަވަސް ފުރުސަތެއްގައި ތާވަލްކޮށްދެއްވައި މައްސަލަ ހިންގަވައި ދެއްވުން އެދޭކަމަށެވެ.
ހައިކޯޓުން މި މައްސަލަ ބަލައިގަނެފައިވަނީ 8 ޑިސެމްބަރު 2020 ގައެވެ. އަދި މި މައްސަލާގައި "ދިޔަރެސް" އިން ހުށަހެޅި އިސްތިއުނާފު ފޯމަށް ދައުލަތުން ހުށަހެޅި ޖަވާބުގެ ކޮޕީއެއް ހައިކޯޓުން ވަނީ 26 ޖެނުއަރީ 2021 ގައި އީމެއިލްގެ ޒަރީއާއިން ފޮނުވާފައެވެ. އެފަހުން އަދި މިހާތަނަށް ހައިކޯޓުގެ ފަރާތުން މި މައްސަލައާއި ގުޅިގެން އެއްވެސް މުއާމަލާތެއް ކޮށްފައިނުވެއެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭ ކަމަށް ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވެސް ތާއީދުކޮށްފައިވާއިރު، ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޑިއާ ސިފައިންގެ ޑޯނިއާގެ އެއްބަސްވުންވެސް ހާމަކުރަން ނުޖެހޭނެ ކަމަށް އައިކޮމް އިން ވަނީ ނިންމާަފައެވެ. މި މައްސަލަވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ދިޔަރެސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ