Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢަކީ އެއްވެސް އިރެއްގައި އައްޑޫގެ ހުރިހާ މަގެއް ހަދާ މަޝްރޫޢެއް ނޫން: ފައްޔާޒް

އައްޑޫ މަގުތަކުގެ ތެރެއިން 60 ކިލޯމީޓަރު މަގުގައި ސިމެންތި ފަށަލައެއް އަޅަނީ ފެން ހިންދާ ނިޒާމު ވެލި އެޅުމުން ހިމާޔަތްކުރުމަށް ކަމުގައި އިޤުތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލު ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ މަގުތައް ތަރައްޤީކުރުމަށް މި ސަރުކާރުން އިންޑިޔާގެ އެގްޒިމް ބޭންކުން 1.1 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ފަށާ މަޝްރޫޢުގައި އައްޑޫގެ 60 ކިލޯމީޓަރު މަގުގައި ސިމެންތި އެޅުމަށް ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މަގު ހެދުމުގައި ސިމެންތި އެޅުމަކީ ބޯދާ ވިސްނުމެއް ކަމަށާއި، މާލޭގައި ކުރިން މަގުތަކުގައި ސިމެންތި އެޅުމުން މަގުތައް ހަލާކުވެ އުޅަނދުފަހަރަށް ގެއްލުންވުމާއި ވާރޭ ވެހުމުން ސިމެންތިގަނޑުގައި ހިނގައިބިގާވެ އުޅުމުގައި ތަހައްމަލުކުރަން ޖެހުނު ދަތިތައް ދިވެހިންނަށް އެނގޭތީ، އައްޑޫގެ މަގުތަކުގައި ސިމެންތި އެޅުމަށް ނިންމާފައިވާ ނިންމުން މުރާޖަޢާކޮށްދެއްވުމަށް އިދިކޮޅުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޙައްމަދު ލަޠީފުވަނީ ރައީސް ޞާލިޙަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.
މިކަމާ ގުޅިގެން ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އައްޑޫ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ހިންގާ މަޝްރޫޢެއް ކަމަށެވެ. އަދި އެ މަޝްރޫޢަކީ އައްޑޫގެ ހުރިހާ މަގެއް ހެދުމާ ގުޅިފައިވާ މަޝްރޫޢެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އުންމީދަކީ ވަގުތާއެކު އައްޑޫގެ ހުރިހާ މަގެއް ތަރައްޤީކުރުން ކަމަށެވެ. އައްޑޫގެ 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ފަށަލައެއް އަޅަނީ ފެން ހިންދާ ނިޒާމު ރައްކާތެރިކުރުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި މިވަރުން މި މަޝްރޫޢާމެދު އަރާފައި އޮތް އޮޅުމެއްނަމަ ސާފުވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ