Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކްލަބުތަކުގެ ޕްރެކްޓިސް ފެށުމަށް ހުއްދަ ދީފި

ކޮވިޑް19 އަށް މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވަމުން އަންނާތީ މެދުކަނޑާލާފައިވާ ކްލަބުތަކުގެ ޕްރެކްޓިސް ފެށުމަށް އެޗްޕީއޭ އިން ހުއްދަ ދީފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އިއްޔެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައި ވަނީ އެ އެޖެންސީގެ މަޝްވަރާގެ މަތިން ގައިޑްލަންތަކާއި އެއްގޮތަށް ޕްރެކްޓިސް ފެށުމަށް އެންމެ ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
އަދި އެ ގައިޑްލައިން އަށް ކްލަބުތަކުގެ ކުޅުންތެރިންގެ އިތުރުން އޮފިޝަލުން ވެސް އަމަލު ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް މި ހުއްދަ ދިން ނަމަވެސް އެ ސިޓީގައި ޕްރެކްޓިސް ފެށުން އަދިވެސް ލަސްކުރެވެން އޮތް ނަމަ އެ ގޮތަށް އަމަލުކުރުމަށް ވެސް ވަނީ އެދިލައްވާފައެވެ.
މިދިޔަ އަހަރު ވެސް ކޮވިޑް19 ގެ ސަބަބުން ޕްރިމިއާ ލީގު ވަނީ އަވަހަށް ނިންމާލައިފައެވެ. އަދި ސީޒަންގެ ފަހު ދެ މުބާރާތް ވެސް ވަނީ ކެންސަލްކޮށްފައެވެ. 9 މަސް ފަހުން ކްލަބުތަކުގެ ޕްރެކްޓިސް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެގޮތަށްވެސް ފެށީ އެޗްޕީއޭގެ ގައިޑްލައިންތަކާއެކުގައެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެޗްޕީއޭ އިން އަންނަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި ލިއުމާއި ގުޅޭ