Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އެމްޑީޕީވަނީ ލާމަރުކަޒީ ނިޒާމަށް ބައްޓަންވެ ފައްކާވެފައި: ރައީސް

އެމްޑީޕީވަނީ ލާމަރުކަޒީ ނިޒާމުގެ ބައްޓަމަށް ފެތި ނިމިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ މިއަދު ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އަމިއްލަ ކަންކަން އަމިއްލައަށް ގާތުން ނިންމުމަށް އިންސާނީ ފިކުރު އަބަދުވެސް ދީލައިލާ ކަމަށެވެ. މި އެދުން ޙާސިލުކުރާ ޤާނޫނީ ހަމައާއި އިދާރީ ތަރުތީބަކީ ލާމަރުކަޒީ ނިޒާމު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ބާރުތަކާއި ނިންމުންތައް ދުރުގައި ހިފަހެއްޓުމަކީ މިނިވަންކަމާއި ތަރައްޤީއާއި ކުރިއެރުން ހިފަހައްޓައި އޮބަހެއްޓުން ކަމުގައިވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒުކުރުން ލަސްވެފައިވަނީ، ބާރު އޮތް ފަރާތްތައް ހިތް ނޭދޭތީ ކަމަށެވެ. އަދި ލާމަރުކަޒުނުވުމުން ރައްޔިތުން ތަހައްމަލުކުރަންޖެހޭ އުދަގޫ ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވިސްނުމަކީ އޮތްނަމަ އޮތް ހުރަހެއް ހުރަސްކޮށް ބާރުތައް އެންމެ ފުޅާކޮށް އޭގެ ޙަޤީޤީ މާނާގައި ރައްޔިތުންނަށް ދޫކޮށްލުން ކަމަށް ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީން ހިންގާނެ އެންމެ ބޮޑު ތަރައްޤީގެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ދިވެހިންގެ މައްޗަށް ހިންގާ އަމުރު މައުރޫފުގެ މުރަނަކަން ހެޔޮވެރިކަމަށް ފުރޮޅައިލީ އެމްޑީޕީން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސް ވިދާޅުވީ އިދާރީ ހިންގުން ލާމަރުކަޒުވުމަށްޓަކައި ލާމަރުކަޒުވާންޖެހޭ ދާއިރާތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ލާމަރުކަޒުވާންޖެހެނީ ތަރައްޤީ ކަމަށާއި، އެ ތަރައްޤީގެ އަސާސަކީ ތައުލީމާއި ހުނަރާއި ޞިއްޙީ ދާއިރާ އަދި ދިރިއުޅުމުގެ ޟަރޫރަތްތައް ކަމަށެވެ. އަދި ވިޔަފާރިއާއި ދަތުރުފަތުރު ލާމަޒުވުން މުހިއްމު ކަމަށާއި، ޚާއްޞަކޮށް ޞިއްޙީ ދާއިރާ ލާމަރުކަޒުވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ޓާސްކުފޯސް ހަދައިގެން ކުރި މަސައްކަތް ނުކުރިނަމަ އަތޮޅުތަކުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ ލާމަރުކަޒުކުރުމުގެ އަމާޒަށް ހިފާފައި ކަމަށެވެ. އެގޮތުން ފަސް ޓާޝިއަރީ ހޮސްޕިޓަލުގެ ޒަރީޔާއިން ޞިއްޙީ ދާއިރާ ލާމަރުކަޒުވާނެކަން ކަށަވަރު ކަމުގައެވެ. އެގޮތުން ކޮވިޑް-19ގެ ތެރޭގައި މައިބަދައިގެ އޮޕަރޭޝަން އަދި ކުޅުދުއްފުށީގައި ކަކުލުހުޅު ބަދަލުކުރި ކަމަށް ވިދާޅުވިއެވެ. އަދި އެކަމުން އެނގެނީ ލާމަރުކަޒުކުރުން ނޫން ގޮތެއް ނެތް ކަމުގައެވެ.
މި ލިއުމާއި ގުޅޭ