Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިޔާ ހައިކޮމިޝަން

ހައިކޮމިޝަން ކައިރީ ކިއު ހަދަން ޖެހޭ މައްސަލަ ހައްލުވާނީ 3 ދުވަސް ފަހުން: އިންޑިއާ ހައިކޮމިޝަން

ބޭސް ފަރުވާއަށް އިންޑިއާ އަަށް ދާ ފަރާތްތަކުން އިންޑިއާގެ ހައިކޮމިޝަން ކުރިމަތީ ކިއު ހަދަން ޖެހޭ މައްސަލަ ހައްލުވާނީ ދެތިން ދުވަސް ފަހުން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަން ކައިރީ ވިސާއަށް އެޕްލައި ކުރަން ދާ މީހުން ރޭގަނޑު ދަންވަރުން ފެށިގެން ކިއު ހަދަމުން ދާ ދަނޑިވަޅެއްގައެވެ. ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނަށް އަމާޒުވެފައެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިސާއަށް ފޯމް ހުށަހަޅާ ފަރާތްތަކަށް ޓޯކެން ސިސްޓަމްގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައިކޮމިޝަނަށް ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. އަދި މެޑިކަލް ވިސާއަށް ފޯމް ހުށަހަޅާ ފަރާތްތަކަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓަމް ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
އަދި އެކަންތައް ތަކަށް ހައްލެއް ލިބިގެންދާނީ ދެތިން ދުވަސް ފަހުން ކަމަށްވެސް ހައިކޮމިޝަނުގެ ބަޔާނުގައިވެއެވެ.
މި ލިއުމާއި ގުޅޭ