Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިމާވެށި

ޕްލާސްޓިކު ފުޅިން އަހަރަށް 148 މިލިއަން ދައުލަތަށް ލިބޭ: ދިރާސާ

ދިވެހި ދައުލަތަށް ޕްލާސްޓިކް ފުޅި އުފެއްދުމަށް ކުންފުނިތަކުން އަހަރެއްގެ މައްޗަށް 148 މިލިއަން ރުފިޔާ ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ހަވާލު ކޮށްގެން ދިވެހި ކުންފުންޏެއް ކަމަށްވާ އެންއައިޖީ ކެޕިޓަލުން ކޮށްފައިވާ ދިރާސާއެއްގައި ޕްލާސްޓިކް ފުޅި އުފައްދާ ވިއްކައިގެން އަމިއްލަ ކުންފުނިތަކަށް އަހަރަކު 933 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އަންނަނީ ލިބެމުންނެވެ. އަދި މި ފުޅިތައް ވިއްކައިގެން 148 މިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބެއެވެ.
ރާއްޖޭގައި އުފެދޭ ކުނީގެ 12 ޕަސެންޓު ކުންޏަކީ ޕްލާސްޓިކެވެ. އެއީ 43،413 ޓަނުގެ ކުންޏެވެ. ފެނާއި ލުއި ބުއިމުގައި ހުންނަ ޕްލާސްޓިކް ފުޅީގެ ތެރެއިން އަހަރަކު 143 މިލިއަން ފުޅި އަންނަނީ އުފައްދަމުންނެވެ. މި އަދަދު 2014 އިން 2018 އަށް އިތުރުވެސްވެފައެވެ. ދެހާސް އަށާރަވަނަ އަހަރު ރާއްޖެގެ ޖުމްލަ އިމްޕޯޓްގެ ހަތަރު ޕަސެންޓަކީ ޕްލާސްޓިކާއި ރަބަރުގެ ބާވަތްތަކެވެ.
މި ދިރާސާ އިން ދައްކާ ގޮތުގައި ބިއްލޫރު ފުޅި ބޭނުން ކުރުމަކީ ހައްލެއް ނޫނެވެ. ޖައްވު ހޫނުވުމަށް މެދުވެރިވާ "ގްރީން ހައުސް ގޭސް" ބޭރުވާ މިންވަރު ޕްލާސްޓިކަށްވުރެ ބިއްލޫރިން އިތުރުވާ ކަމަށްވެސް މި ދިރާސާއިން ދައްކައެވެ.
ކުނި ނައްތާލުމަށް ހުރި ގޮންޖެހުންތައް ހިއްސާކޮށް މި ދިރާސާ ރިޕޯޓުގައި ބުނެފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރި އަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ޕްލާސްޓިކް އެއްކޮށް، ޖަމާކޮށް، ރީސައިކަލް ކުރެވޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުން މުހިއްމު ކަމަށެވެ.
މި ލިއުމާއި ގުޅޭ