Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރުތިލަފަޅު

އިންޑިޔާއިން އުތުރުތިލަފަޅުގެ އެކްސްކުލޫސިވިޓީ ބޭނުންވި، ކުރީ ސަރުކާރުން އެއްބަސްނުވޭ: ކުރީގެ ސަފީރު

އިންޑިޔާއާއެކު އުތުރުތިލަފަޅު ތަރައްޤީކުރުމުގެ މަޝްވަރާތައްކުރިއިރު އެ ޤައުމުން ބޭނުންވީ އުތުރުތިލަފަޅު ބޭނުންކުރުމުގެ ޙައްޤު އެހެން އެއްވެސް ޤައުމަކަށް ނުލިބޭ ގޮތަށް އެ ޤައުމަށް އޮތުމަށް ކަމަށާއި، އެގޮތަށް ކުރީ ސަރުކާރުން އެއްބަސްވުނި ކަމަށް ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
"ސަން" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އަޙްމަދު މުޙައްމަދު ވިދާޅުވީ، 2016 ވަނަ އަހަރު އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އުތުރުތިލަފަޅާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އެ މަޝްވަރާތައް ކުރި ނަމަވެސް އެއްބަސްވުމަކާ ހަމައަށް ވާސިލުވެވިފައި ނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ކުރީގެ ސަފީރު ވިދާޅުވީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އޭނާގެ އިތުރަށް ޚާރިޖީވުޒާރާގެ އިތުރު އޮފިޝަލުންނާއެކު އިންޑިޔާ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކޮށް ޑޮކްޔާޑުގެ އެކްސްކުލޫސިވިޓީ އިންޑިޔާއަށް އޮންނަ ގޮތަށް އެ މަޝްރޫޢު ކުރިއަށް ގެންދަން އެއިރުގެ ސަރުކާރުން ބޭނުންނުވާ ކަމުގައި އިންޑިޔާގައި ދެންނެވި ކަމަށެވެ.
އަޙްމަދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ބައްދަލުވުމުގައި އިންޑިޔާގެ މިހާރުގެ ޚާރިޖީވަޒީރު އަދި އެއިރު އިންޑިޔާގެ ފޮރިން ސެކްރެޓަރީ ކަމުގައި ހުންނެވި ޑރ.ސުބްރަމަންޔަން ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން ކުރީ ސަރުކާރުން އެކަމުގައި ގެންގުޅުނު ވިސްނުން އިންޑިޔާއަށް ވަރަށް ސާފުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް ސަފީރު ވިދާޅުވީ އެ ބައްދަލުވުމަކީ އިންޑިޔާއިން ދީފައިވާ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އާކުރަން ދިވެހި ސަރުކާރުން ބޭނުންނުވާ ކަމަށް ދަންނަވައި، އެ ހެލިކޮޕްޓަރުތައް ގެންދިއުމަށް ދިވެހި ސަރުކާރުން އެދުނު ބައްދަލުވުން ކަމަށެވެ.
މި ލިއުމާއި ގުޅޭ