Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިސްލާމިކް ބޭންކް

އެމްއައިބީގެ ހިއްސާދާރުންނަށް ފައިދާ ބަހަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާދާރުންނަށް 2019 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާ ބަހަން ނިންމައިފިއެވެ.

އެމްއައިބީއިން ބުނެފައިވާ ގޮތުގައި ހިއްސާދާރުންނަށް ފައިދާ ބެހުމުގެ ހުއްދަ އެމްއެމްއޭ އިން ވަނީ މިހާރުދީފައެވެ. އެމްއައިބީގެ ހިއްސާދާރުންނަށް ބަހަން ހަމަޖައްސާފަިވަނީ ހިއްސާއަކަށް 1.575 ރުފިޔާއެވެ. އެބޭންކުން ބުނެފައިވާގޮތުގައި ބޭންކް ޑިޕޮސިޓް މެދުވެރިކޮށް ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާނެ ކަމަށާއި ހިއްސާދާރުން ފޯރުކޮށްދީފައިވާ އެކައުންޓުތަކަށް ފައިދާ ޖަމާކުރާނެ ކަމަށެވެ.

އަދި ބޭންކު ޑީޓެއިލް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް މާޗު ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެމްއައިބީ އިން އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ. މިގޮތުން އެ ބޭންކުގެ 31 އިންސައްތަ ހިއްސާ އާންމުކޮށް ހުޅުވާލައިގެން ވިއްކާލާފައިވާއިރު އޭރު ހިއްސާއެއް ވިއްކީ 35 ރުފިޔާއަށެވެ.

އެމްއައިބީގެ 36 ޕަސެންޓު ހިއްސާ އަކީ އިސްލާމިކް ކޯޕަރޭޝަންފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ ހިއްސާ އެވެ. އަދި ސަރުކާރުގެ 28 އިންސައްތަ ހިއްސާ އެމްއައިބީގައި އޮންނައިރު 10.53 ހިއްސާ އަކީ ޕެންޝަން އޮފީހުގެ ހިއްސާއެވެ. އަދި އަމާނާ ތަކާފުލްގެ 5 ޕަސެންޓު ހިއްސާއޮވެއެވެ.

މި ލިއުމާއި ގުޅޭ